ސެނަގާލުން ޕޮލެންޑް ބަލިކޮށްފި

ކިޔުމަށް ހޭދަވާނީ 56ސ
ސެނަގާލުން ޕޮލެންޑް ބަލިކޮށްފި
ރަޝިއާގައި މިހާރުކުރިއަށްދާ ފިފާ ވަރލްޑް ކަޕްގައި ސެނަގާލް އާއި ޕޮލެންޑް ބައްދަލުކުރި މެޗު ސެނަގާލުން ކާނިޔާބުކޮށްފިއެވެ. މި މެޗު ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑަކީ ޕޮލެންޑުގެ ކުޅުންތެރިއެއް ކަމަށްވާ ޝިއޮނުކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ވަރުގަދަ ކުޅުމެއް ފެނުނު މި މެޗުގައި ސެނަގާލުން ލީޑު ނެގީ ދެވަނަ ހާފުގައެވެ. ޕޮލެންޑުގެ ޑިފެންސް ކުޅުންތެރިންނަށް ހެދުނު ގޯލެއްގެ ފައިދާ ނަގާ މި ލަނޑު ޖަހއިދިނީ ނިއަންގއެވެ.

ޕޮލެންޑުގެ ލަނޑު ޖެހީ ކްރިޗޮވިކްއެވެ.

މިރޭގެ މެޗުގައި ޕޮލެންޑުން ވަނީ ރަނގަޅު ކުޅުމެއްދައްކާފައިވާ އިރު، ސެނަގާލުގެ ގޯލްކީޕަރުވަނީ ގިނަ ހަމަލާތައް ދިފާޢުކޮށްފައެވެ.

ފިފާ ވަރލްޑް ކަޕްގައި މިރޭ 11 ޖަހާއިރު ކުޅޭނީ ގްރޫޕް އޭގައި ހިމެނޭ ރަޝިއާ އާއި މިސްރެވެ. މި ދެޓީމުންވެސް އެއްމެޗު ކުޅެފައިވާ އިރު، ރަޝިއާ ވަނީ ކުޅުނު މެޗު ކާމިޔާބުކޮށްފައެވެ. އަދި މިސްރު ކުޅުނު މެޗުން ވަނީ ބަލިވެފައެވެ.

އެހެންކަމުން މި މެޗުން ރަޝިއާ މޮޅުވެއްޖެނަމަ ދެވަނަ ބުރަށްދާނެއެވެ. އަދި މިސްރު ބަލިވެއްޖެނަމަ މުބާރާތުން ކަޓާނެއެވެ.
މިއަދު އޮންލައިން