ބީޖޭޕީ ލީޑަރެއްގެ ގެއިން 40 ކުރޯޑް ރުޕީސްގެ ހިރޮއިން އާއި ޕާޓީ ޑްރަގް އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
ބީޖޭޕީ ލީޑަރެއްގެ ގެއިން 40 ކުރޯޑް ރުޕީސްގެ ހިރޮއިން އާއި ޕާޓީ ޑްރަގް އަތުލައިގެންފި
ބީޖޭޕީ ލީޑަރެއްގެގެއިން 40 ކުރޯޑް ރުޕީސްގެ ހިރޮއިން އާއި ޕާޓީ ޑްރަގް ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުން ހިންގި އޮޕަރޭޝަނުގައި ހިރޮއިންގެ އިތުރުން 280،000 ގުޅަ ޕާޓީ ޑްރަގްސް ވަނީ އަތުލައިގެންފައެވެ. މިތަކެތި އަތުލައިގެންފައިވަނީ މިޔަންމާ ބޯޑަރު ކައިރީގައި އޮންނަ އިންޑިއާގެ އަވަށެއް ކަމަށްވާ މޮރޭ ޓައުންގައި ހުންނަ ގެއަކުން ރޭގެ ވަގުތެއްގައެވެ. އެގެއަކީ އެ އަވަށުގެ ބީޖޭޕީގެ ލީޑަރު ލުންކޮސޭ ޒޮއު ދިރިއުޅޭ އޭނާގެ ގެއެވެ.

މިމައްސަލަ އާއި ގުޅިގެން ޒޮއު އާއިއެކު 8 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މިއަދު އޮންލައިން