ޝާރުޖާގެ އަމީރު - ރޭޑިއޯ މެދުވެރިކޮށް ނަމަވެސް ރައްޔިތުންނަށް އުނދަގޫވާ ކަމެއް ބުނެފިނަމަ ފަސޭހަކޮށްދެއްވަން ތައްޔާރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ޝާރުޖާގެ އަމީރު - ރޭޑިއޯ މެދުވެރިކޮށް ނަމަވެސް ރައްޔިތުންނަށް އުނދަގޫވާ ކަމެއް ބުނެފިނަމަ ފަސޭހަކޮށްދެއްވަން ތައްޔާރު!
މިހާރު ކުރިއަށްދާ ވޯލްޑްކަޕްގެ މެޗްތަކާއި ގުޅިގެން ފުޓްބޯޅަ ފޯރީގައި އަޑުގަދަކޮށް މީހުންނަށް އުނދަގޫކުރުން ޝާރުޖާގެ އަމީރު މަނާކުރައްވައިފިއެވެ.

އަމީރު މިކަން މަނާކުރެއްވީ ގެއަކާއި އިންވެގެން ހުންނަ ރެސްޓޯރަންޓެއްގައި ފުޓްބޯޅަ ފޯރިއާއި ގުޅުވައިގެން ލަވަޖަހައި އަދި މެޗް ކުޅޭ ގަޑީގައި އަޑުގަދަކުރާތީ އެގޭގެ މީހުންނަށް ނިދަން އުނދަގޫވާތީ ރޭޑިއޯ ޕްރޮގްރާމެއް މެދުވެރިކޮށް އެކަމުގެ ޝަކުވާ ހުށަހެޅުމުންނެވެ.

ޝާރުޖާގެ އަމީރު ވިދާޅުވެފައިވަނީ ޝާރުޖާއަކީ އެންމެންގެ ޤައުމެއް ކަމަށާއި އެއްވެސް މީހަކަށް އުނދަގޫވާ ކަމެއް ކޮށްގެން ނުވާނެ ކަމަށާއި ދެން އިތުރަށް އެކަން އެގޮތަށް ނުހިނގާނެ ކަމަށެވެ. މާނައަކީ ދެން އަޑުގަދަކުރިއަ ނުދެއްވާނެ ކަމެވެ.

ރޭޑިއޯ މެދުވެރިކޮށް ނަމަވެސް ރައްޔިތުންނަށް އުނދަގޫވާ ކަމެއްގެ ވާހަކަ ބުނެފިނަމަ ފަސޭހަކޮށްދެއްވަން އަމީރު ހުންނެވީ ތައްޔާރަށް ކަމަށް ބުނެ ގިނަ ބައެއްގެ ތަޢްރީފް ދަނީ އަމީރަށް ލިބިވަޑައިގަންނަވަމުންނެވެ.

އަމީރް މިހައި ދީލަތިއިރު، ރައްޔިތުންގެ އަޑުއައްސަވާއިރު މަޤާމުގައި ހުންނެވުމަށް ރައްޔިތުންގެ ވޯޓެއްވެސް ބޭނުންފުޅެއް ނުވެއެވެ.



މިއަދު އޮންލައިން