ޖަންގަލީ އެތްތަކެއް ކާނެ އެއްޗެއް ހޯދުމުގެ ބޭނުމުގައި ގެއެއް ވައްޓާލި ހާދިސާއެއްގައި ގޭގައި ނިދާފައި ތިބި 2 ކުށަކުދިން މަރުވެ މާމައަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
މިހާދިސާގައި މަރުވެފައިވަނީ 5 އަހަރުގެ ފިރިހެންކުއްޖަކާއި 12 އަހަރުގެ އަންހެން ކުއްޖެކެވެ.
އެތްތައް އިންޑިއާގެ ޖަރުޚަންދު އަވަށް ގޮސްފައިވަނީ 45 ކިލޯމީޓަރު ސަރަހައްދެއްގައި ހިނގައިފައެވެ. ކިސަނޑުން ހަދާފައި ހުރި ގެއަށް އެތްތައް ވަދެގަތީ އެގޭގައި ހުއިތަކެއް ހުރުމުންނެވެ. އެގެއަށް ވަދެގަތީ ރޭ މެންދަމުން އަލިވެ 3:00 ހައި އިރުއެވެ.
މިހާދިސާގައި އަނިޔާލިބުނު އެންމެންނަށް ކޮންމެ މީހަކަށް މިހާރު ވަނީ 25،000 ރުޕީސް ދީފައެވެ. ސަރުކާރުން ވަނީ ކޮންމެ މީހަކަށް 400.000 ރުޕީސްގެ އެހީއެއް ދިނުމަށް ނިންމައިފައެވެ.