ދަރިއަކު ލިބުމުން ކްރިސްޓިއަން ޕްރީސްޓެއްގެ ލޯތްބާއި ހެޔޮ ދުޢާ ހޯދުމުގެ ބޭނުމުގައި ގެންދިއަ ތުއްތު ކުއްޖަކު ރޯން ފެށުމުން ރުޅި އައިސްގެން ކުއްޖާގެ މޫނުގަ 2 ފަހަރު ޖެހި ޕްރީސްޓަކު ސަސްޕެންޑް ކޮށްފިއެވެ.
ފްރާންސްގައި ހިނގި މިހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ހާމަވުމާއި ގުޅިގެން ސަސްޕެންޑްކޮށްފައިވަނީ 89 އަހަރުގެ ޕްރީސްޓެކެވެ.
އޭނާއަށް ކުރެވުނު ކުށް އީޙްޞާޞްކުރެވިގެން ފަހުން ކުއްޖާއާއި ލޯބިކުރަން މަސައްކަތްކުރާތަން ވެސް ވީޑިއޯ އިން ފެނެއެވެ. ނަމަވެސް ކުއްޖާގެ ބައްޕަ ވަނީ ގަދަކަމުން ކުއްޖާ ގެންގޮސްފައެވެ.
ގުޅުންހުރި ވީޑިއޯ: