ސިފަ ހުތުރުކަމުން ފުރައްސާރަކޮށް ކައްކާ ތަކެއްޗަށް ފާޑުކިޔާތީ ކައްކާ ތަކެއްޗަށް ހަރުފަ ވިހައެޅުމުން 3 މެހްމާނުން މަރުވެ 120 މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ޖެހިއްޖެއެވެ.
އިންޑިއާގެ މަހަރަސްތުރާގައި ހިނގި މިހާދިސާ އާއި ގުޅިގެން އެކަންކުރި އުމުރުން 23 އަހަރުގެ އަންހެން މީހާ ބުނީ ގިނަ އަދަދެއްގެ މެހްމާނުންނަށް ދައުވަތުދީގެން ބޭއްވި ކެއުމަކަށް ކެއްކި ތަކެއްޗަށް ހަރުފަ ވިހައެޅީ އޭނާ ކަޅުކަމުން އަބަދު ފުރައްސާރަކުރުމުގެ އިތުރުން ކިތަންމެ މީރުކޮށް ކެއްކި ނަމަވެސް ފިރިމީހާ އާއި ޅިޔަނުން އަަބަދުވެސް ފާޑުކިޔާތީ އެމީހުން މަރާލުމުގެ ބޭނުމުގައި ކަމަށެވެ.
ވިހައިގެ އަސަރުކޮށްގެން 3 މެހްމާނުން މަރުވެ 120 މީހުންނަށް ފަރުވާދޭންޖެހުމުން ހިތާމަކުރާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ފިރިމީހާއަށްވެސް އަދި ޅިޔަނުންނަށްވެސް އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާތީ ހިތާމަކުރާކަމަށްވެސް ވަނީ ބުނެފައެވެ.