ދުނިޔޭގެ ގްރޭންޑް މާސްޓަރ ޗެސް ޗެމްޕިއަންކަން އިންޑިއާގެ ޗެންނާއީއަށް ނިޞްބަތްވާ އުމުރުން 12 އަހަރުގެ އާރު. ޕްރައްގަނަަންދާ ހޯދައިފިއެވެ. މިއީ މި މަޤާމު ހޯދި ދެވަނައަށް އެންމެ ހަގު ކުއްޖާއެވެ. އިންޑިއާގެ އެންމެ ހަގު ކުއްޖާއެވެ.
މި މަޤާމު ހޯދި އެންމެ ހަގު ކުއްޖަކީ ޔޫކްރެއިންގެ 12 އަހަރާ 7 މަހުގެ ސަރގޭ އެވެ. ޕްރައްގަނަންދާގެ އުމުރަކީ 12 އަހަރާއި 10 މަހެވެ.
އެކުއްޖާގެ މި ބޮޑު ކާމިޔާބީ އާއި ގުޅިގެން ދުނިޔޭގެ ޗެސް ޗެމްޕިއަންކަން ހޯދާފައިވާ ގިނަ ބައަކު ގެންދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.