އާޖެންޓީނާ ބަލިވުމުން އެކަމުގެ ހިތާމައިގައި ދުނިޔޭގައި ނުހުންނަން ގެއިން ނުކުތް މީހަކު ކޯރެއްގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އިންޑިއާގެ ކޮޓަޔަމްގެ އަވަށަކަށް ނިޞްބަތްވާ އުމުރުން 30 އަހަރުގެ މީހާ ގޭގައި ބޭއްވި ނޯޓުގައި ބުނެފައިވަނީ ކްރޮއޭސިއާ އަތުން 3- 0 އިން ޢާޖެންޓީނާ ބަލިވުމަކީ އޭނާއަށް ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި މެސީ އަށް އެހައި ބޮޑު ނާކާމިޔާބެއް ލިބުމުން އިތުރަށް ދުނިޔޭގައިވެސް ހުންނަން ބޭނުން ނުވާ ކަމަށެވެ.
އޭނާގެ ބައްޕަ ބުނީ ދަރިފުޅަކީ މެސީގެ މާވަރުގަދަ ސަޕޯޓަރެއް ކަމަށެވެ. އޭނާ ހޯދަން މަސައްކަތްކުރި ފުލުހުންނަށް އޭނާގެ ހަށިގަނޑު ކޯރެއްގެ ތެރެއިން ފެނިފައިވަނީ މިއަދު އެވެ.