ހާޓް އެޓޭކެއް ޖެހިގެން މަގުމައްޗަށް ވެއްޓުނު ސްޕޭންގެ ފުލުހަކަށް ކުއްތާއެއް ފަރުވާދީ ފުލުސް މީހާ ސަލާމަތްކުރާ ވީޑިއޯއެއް ޢާންމުކޮށްފިއެވެ.
ވީޑިއޯ އިން ފެންނަ މަންޒަރަށްބަލާއިރު ކުއްތާ ހަރަކާތްތެރިވެފައިވަނީ ސީޕީއާރު ދިނުމަށް ތަމްރީނު ލިބިފައިވާ މީހަކު ފަދައިންނެވެ. ނަމަވެސް މި ކުއްތާއަކީ އެކަމަށް ތަމްރީނު ދީފައިވާ ކުއްތާއެއް ނޫނެވެ. ކުއްތާއަށް އިންސާނުންގެ ވިންދު ނުއެނގޭނެތީ އެއީ ކުއްތާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި މިހައި ތަނަށް ސީޕީއާރު ދިނުމަށް އެއްވެސް ކުއްތާއަކަށް ތަމްރީނު ދީފައެއްވެސް ނުވެއެވެ.
މިކަންކުރި ކުއްތާއަކީ މިފަދަ ތަމްރީނުދޭ ސެޝަންތަކަށް ގެންދިއުމުން އެކަންކުރާ ގޮތް އަމިއްލައަށް ދެނެގަނެގެންފައިވާ ކުއްތާއެކެވެ.
ވީޑިއޯ ބައްލަވާ ލައްވާ: