ސަމޯސާ ހަދަން ބުޅާ މަސް ވިއްކާ މީހަކު އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ސަމޯސާ ހަދަން ބުޅާ މަސް ވިއްކާ މީހަކު އަތުލައިގެންފި
ސަމޯސާ ހަދައިގެން މަގުމަތީގައި ވިއްކާ މީހުންނަށް ބުޅާ މަސް ވިއްކަމުންދިއަ މީހަކު ކެންޔާގެ ފުލުހުން އަތުލައިގެންފިއެވެ.

އޭނާ ބުނީ އޭނާ އަތުން ޢާންމުކޮށް ބުޅާ މަސް ގަންނަ މީހުން އުޅޭ ކަމަށާއި ނަމަވެސް އެމީހުންނަށް އެއީ ބުޅާ މަސްކަން ނުއެނގޭނެ ކަމަށެވެ. މިހައިތަނަށް 1،100 ބުޅާ ކަތިލައި މަސް ވިއްކާފައިވާނެ ކަމަށްވެސް އެމީހާ ބުނެފައިވެއެވެ.

އޭނާ ބުނީ ބުޅަލެއްގެ ހަން ސާފުކޮށްގެން ވިއްކީމާ 5 ޑޮލަރު ލިބޭ ކަމަށާއި އެއީ ވެސް ލިބޭ އިތުރު އާމްދަނީއެއް ކަމަށެވެ.

ފުލުހުން އޭނާ ސަލާމަތްކޮށް އަތުލައިގަތީ އޭނާ އެމަސައްކަތްކުރާތަން ފެނުނު ޢާންމުންގެ ބައަކު އޭނާއަށް ހަމަލާދީ މަރާލަން އުޅެނިކޮށެވެ.

މިއަދު އޮންލައިން