ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ޙައްޤުތައް ހޯދަން ކުރަމުން ގެންދާ މުޒާހަރާތަކުގެ ތެރެއިން ބޯޑަރު ސަރަހައްދަށް އިއްޔެ އެއްވި ފަލަސްޠީނުގެ ރައްޔިތުން ތަކަކާއި އިޒްރޭލު ސިފައިންނާއި ދެމެދު ވަރުގަދަ ބަހުގެ ހަމަލާތަކެއް ހިނގައިފިއެވެ.
ޒުވާބު އެންމެ ހޫނުވީ ވަގުތު އިޒްރޭލު ސިފައިންގެ އޮފިސަރަކު ބުނީ "ހަމަނުޖެހުން ނުހިންގައި ގެއަށް" ދިއުމަށެވެ. ފަލަސްޠީނުގެ ރައްޔިތުން ބުނީ އެމީހުން ހުރިހާ މަސައްކަތެއް ވެސް ކުރަނީ އެމީހުންގެ ގެތަކަށް ދިއުމަށް ކަމަށާއި އެކަމަށް ހުރަސް ނުއަޅައި އެމީހުންގެ ގެތަކަށް ދިއުމުގެ ޙައްޤު އެމީހުންނަށް ދިނުމުން ހުރިހާ މައްސަލަތަކެއް ހައްލުވެގެންދާނެ ކަމަށެވެ.
ފަލަސްޠީނު ރައްޔިތުންގެ ބަސްތަކުން ޔަހޫދީ ސިފައިންގެ އަނގަ ބަންދުވުމުން އިތުރަށް ވާހަކަ ދެއްކުން ހުއްޓާލައި ވަނީ ހަތިޔާރު ނަގައި ބިރުދައްކައިފައެވެ.