މެލޭޝިއާގެ މިސްކިތެއްގެ ހުރުމަތް ކަނޑާލާ ފަތުރުވެރިންތަކެއް މިސްކިތުގެ ކުރިމަތީގައި ނަށައިފި

ކިޔުމަށް ހޭދަވާނީ 40ސ
މެލޭޝިއާގެ މިސްކިތެއްގެ ހުރުމަތް ކަނޑާލާ ފަތުރުވެރިންތަކެއް މިސްކިތުގެ ކުރިމަތީގައި ނަށައިފި
މެލޭޝިއާގެ ބޯނިއޯ އައިލެންޑްގައި ހުރި ކޮޓަ ކިނަބަލު ސިޓީ މިސްކިތް ކުރިމަތީގައި ފުރާވަރުގެ ދެ އަންހެން ކުއްޖަކު ނެށި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

މިސްކިތްފަދަ މާތް ތަނެއްގެ ހުރުމަތް އެފަދައިން ކަނޑާލުމުން، ގިނަ ބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެ ދެ ފަތުރުވެރިންނަކީ ކޮންބައެއްތޯ ހޯދުމުގެ މަސައްކަތް މެލޭޝިއާ ފުލުހުން މިހާރުވެސް ކުރަމުން އެބަދެއެވެ.

މެލޭޝިއާގެ ކަމާއިބެހެ އިދާރާތަކުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ވީޑިއޯއިން ފެންނަ އެދެފަތުރުވެރިންނަކީ އުތުރު އޭޝިއާގެ ޤައުމަކަށް ނިސްބަތްވާ ދެ ފަތުރުވެރިންނެވެ.

މިފަދަ ނޭދެވޭ ޢަމަލެއް ހިންގުމުން، އެމިސްކިތުގެ އިމާމުވަނީ މިސްކިތް ކައިރިއަށް އެއްވެސް ފަތުރުވެރިއެއް މީގެ ފަހުން ދިޔުން މަނާ ކޮށްފައެވެ.


މިއަދު އޮންލައިން