އިންޑިއަން ރުޕީސްގެ އަގު ވަރަށް ބޮޑުތަން ވެއްޓި 69.10 އަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
އިންޑިއަން ރުޕީސްގެ އަގު ވަރަށް ބޮޑުތަން ވެއްޓި 69.10 އަށް
އިންޑިއަން ރުޕީސްގެ އަގު ވަރަށް ބޮޑުތަން ވެއްޓި 69.10 އާއި 68.93 އާއި ދެމެދުގެ އަގުތަކަށް ތިރިވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިހައި ބޮޑުތަން ވެއްޓިގެންދިއައީ ވިޔަފާރިއަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބުމުންނެވެ. ޚާއްޞަކޮށް ކްރޯޑް އޮއިލްގެ އަގު އުފުލެމުންދާތީ ތެޔޮ ގަތުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުންނެވެ.

އިންޑިއާގައި އުޅޭ މީހަކު ބުނީ މިއަދު އަދި ޑޮލަރު މާރުނުކުރާ ކަމަށާއި ކަޅުބާޒާރުގައި އިއްޔެ ހުރީ 67 ރުފިޔާގައި ކަމަށެވެ. ރަސްމީ އަގު 69 އަށް މަތިވުމުން ކަޅުބާޒާރުގައި އެއަށްވުރެ ބޮޑުވާނެއެވެ.
މިއަދު އޮންލައިން