ކައިވެނީގެ ހަފްލާއެއްގަ ނެށި ފަޤީރަކު މަރާލުމުން ބޮޑު ހަމަނުޖެހުމަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ކައިވެނީގެ ހަފްލާއެއްގަ ނެށި ފަޤީރަކު މަރާލުމުން ބޮޑު ހަމަނުޖެހުމަކަށް!
އިންޑިއާގެ ޕަޓްނާގައި ބޭއްވި ކައިވެނީގެ ހަފްލާއެއްގައި ނެށި ފަޤީރެއްގެ ގައަށް ބަޑިޖަހައި މަރާލުމުން އަވަށުގެ މީހުން ނުކުމެ ބޮޑު ހަމަނުޖެހުމެއް ހިންގައިފިއެވެ.

ފުލުހުން ބުނީ ނެށި ޒުވާނާއަކީ އިންޑިއާގެ އެންމެ ނިކަމެތި ނަސްލުކަމަށްވާ ދާލިތުންނަށް ނިޞްބަތްވާ ޒުވާނަކަށްވާތީ ނުނެށުމަށް އިންޒާރު ދިނުމަށްފަހު ބަޑިޖަހައި މަރައިލީ ކަމަށެވެ.

މިކަމާއި ގުޅިގެން އަވަށުގެ ފަޤީރުން ނުކުމެ ވަނީ ހަމަނުޖެހުންތައް ހިންގައި ވެހިކަލްތަކަށާއި ހަފްލާއަށް ދިއަ ބައެއް މީހުންނަށްވެސް އަނިޔާކޮށްފައެވެ. އަދި ކައިވެނިކުރި އަންހެން ކުއްޖާގެ ގެއަށްވެސް ވަނީ ގެއްލުންތަކެއް ދީފައެވެ.

އިންޑިއާގައި އަދިވެސް އެންމެ ފަޤީރު ނިކަމެތިންނަށް ކަންތައްތައް ކުރަނީ ވަރަށް އިހާނެތި ކޮށެވެ. ދާލިތަކު ފުލުހުންގެ މަރުކަޒަކަށް ގެންދިއުމަށްފަހު އެތަނުގައި ތިބި 15 ފުލުހެއްގެ ބޫޓުގައި ދޫލެއްވި މައްސަލައެއްވެސް ވަނީ ދާދިފަހުން ފެންމަތިވެފައެވެ.
މިއަދު އޮންލައިން