އެމެރިކާ އިން ކިތަންމެ ވަރަކަށް ކަންބޮޑުވި ނަމަވެސް ޗައިނާގެ ސަރަހައްދުން އެންމެ އިންޗިއެއް ވެސް ދޫ ނުކުރައްވާނެ ކަމަށް ޗައިނާގެ ރައީސް ޒީ ޖިންޕިން ވިދާޅުވެއްޖެއެވެ.
ރައީސް ޒީޖިންޕިން މިމޭރުމުން ވިދާޅުވީ ޗައިނާއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ޑިފެންސް ސެކެޓްރީ އާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ރައީސް ޒީ ޖިންޕިން ވިދާޅުވީ ޗައިނާއިން މިހާރުވެސް ސަރަހައްދު ކަމަށް ބަލާފައިވަނީ ޒަމާނުންސުރެ ޗައިނާގެ ސަރަހައްދު ކަމަށާއި އެ ސަރަހައްދުގެ މައްޗަށް ބަސް ކިޔޭނެ އެހެން ބައަކު ނުތިބޭނެ ކަމަށެވެ.
ދުނިޔެއަށް އެންމެ މުހިންމީ ޗައިނާ އާއި އެމެރިކާގެ ގުޅުން ބަދަހިވުން ކަމަށްވެސް ރައީސް ޒީ ޖިންޕިން ވިދާޅުވިއެވެ.
ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުން ޗައިނާ ބޭނުންކުރާ ބައެއް ސަރަހައްދުތަކަކީ ޗައިނާގެ ސަރަހައްދު ނޫން ކަމަށް ބުނެ އެމެރިކާއިން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.