އެމެރިކާގެ އަންނަ ޕޮލިސްގައި ހުންނަ ކެޕިޓަލް ގެޒެޓް ނޫހުގެ އިދާރާއަށް ބަޑިއާއި އަތުބޮން ހިފައިގެން ވަން މީހަކު ހަމަލާދީ 5 ނޫސްވެރިން މަރާލައި 2 މީހަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިންގީ މެރިލޭންޑަށް ނިޞްބަތްވާ ދޮން މީހެއް ކަމަށެވެ. ނަމަވެސް އޭނާ އެކަންކުރި މަޤްޞަދު އަދ ޔަޤީން ނުކުރެވޭ ކަމަށެވެ. "ސޯޝަލް މީޑިއާފގައި ވަނީ ނޫހަށް ބިރުދައްކާފައި. އެކަންކުރި އެކައުންޓުގެ ތަފްޞީލު ހޯދުމުގެ މަސައްކަތްކުރަމުން މިގެންދަނީ."
ފުލުހުން ބުނެފައިވަނީ ހަމަލާ ދީފައިވަނީ އެނޫހުގެ ނޫސްވެރިންނަށް އަމާޒުކޮށްގެން ވަކި ބައަކު މެރުމުގެ ބޭނުމުގައި ކަމަށެވެ.
ނޫހުން ބުނެފައިވަނީ އެނޫހުގެ މުވައްޒިފުންނަކީ ލިބޭ އާމްދަނީއަކަށްވުރެ ބޮޑަށް މުޖުތަމައުއަށް ބޭނުންވާ މައުލޫމާތު ފަތުރަން މަސައްކަތްކުރާ ބައެއް ކަމަށާއި ނޫސް މެދުކެނޑުމެއްނެތި ނެރެމުން ގެންދާނެ ކަމަށެވެ.