ޗަރޗެއްގެ 5 ޕްރީސްޓޫން އަންހެނެކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހޫނުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ޗަރޗެއްގެ 5 ޕްރީސްޓޫން އަންހެނެކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހޫނުވެއްޖެ
އިންޑިއާގެ ކޮޓަޔަމްގެ މަލަންކަރަ އޯތޮޑޮކްސް ޗަރޗެއްގެ 5 ޕްރީސްޓަކު އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ޢާންމުވި މައްސަލައެއް ހޫނުވެ ކެރަލާ ޕޮލިސްގެ ޚާއްޞަ ޑިޕާޓްމަންޓަކުން މައްސަލަ ބަލަން ފަށައިފިއެވެ.

މިމައްސަލަ ހުށަހަޅާފައިވަނީ ހަމަ އެފައްޅިއަށް ނިޞްބަތްވާ، އެ އަންހެންމީހާގެ ފިރިމީހާއެވެ. ފިރިމީހާ ބުނެފައިވަނީ އޭނާގެ އަނބިމީހާ ކަމެއްގައި އެހީތެރިކަމަށް އެދުމުން ޕްރީސްޓަކު އޭނާ ބްލެކްމޭލްކޮށްގެން ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. އެކަމަށް ކެތް ނުކުރެވިގެން ދެވަނަ ޕްރީސްޓެއްގެ ގާތުން އެހީއަށް އެދުމުންވެސް ކަންތައްތައް ކުރީ ހަމަ އެގޮތަށް ކަމަށާއި 5 ޕްރީސްޓަކު އަނބިމީހާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ޢާންމުވުމާއި ގުޅިގެން ޗަރޗްގެ މައި މަރުކަޒަށްވެސް ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފަައެވެ.
މިއަދު އޮންލައިން