ޔަހޫދީން ބޯތަޅާ ފާރުގަ މޮޑެލެއްގެ ބަރަހަނާ ފޮޓޯއެއް ތަތްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޔަހޫދީން ބޯތަޅާ ފާރުގަ މޮޑެލެއްގެ ބަރަހަނާ ފޮޓޯއެއް ތަތްކޮށްފި
އަޅުކަމެއްގެ ގޮތުން ޔަހޫދީން ބޯތަލާ ފާރުގައި ބެލްޖިއަމްގެ މޮޑެލަކު އޭނާގެ ބަރަހަނާ ފޮޓޯއެއް ތަތްކުރި ފޮޓޯއެއްގެ މައްސަލަ ހޫނުވެއްޖެއެވެ. އޭނާ އެފާރުގައި ތަންކުރީ ހޮޓަލެއްގެ ރޫފްޓޮޕްގެ ޕޫލް ސަރަހައްދުގައި ނަގާފައިވާ އޭނާގެ ބަރަހަނާ ފޮޓޯއެކެވެ.

ޔަހޫދީންގެ ބޮޑުން ބުނީ މިއީ ކުރެވިގެން ނުވާނެ ދަށުދަރަޖައިގެ ކަމެއް ކަމަށާއި އެކަންކުރި ޕަޕެން އަށް ހައްޤު އަދަބުދޭންޖެހޭނެ ކަމަށެވެ. ޕަޕެން ބުނީ އޭނާ އެކަންކުރީ ރަނގަޅު ދީނަކީ ކޮބައިކަން ނުއެނގޭ މީހުންވެސް ފާރުތައް ރާނައި ބައުންޑްރީ ހަދައިގެން ދީނުގެ ނަމުގައި ފިތުނަ އުފައްދާތީ އެ ފިތުނަތަކުން ދުނިޔެ ސަލާމަތްކުރަން ޖެހޭ ކަމުގެ މެސެޖު ދިނުމަށް ކަމަށެވެ.

މިޞުރުގެ ފުލުހުން ވަނީ މިދިއަ އަހަރު ޕަޕެން މިސުރުގެ އާސާރީ ފައްޅިއެއްގައި ހުރެގެން ބަރަހަނާ ފޮޓޯތަކެއް ނެގި މައްސަލައެއްގައި ހައްޔަރުވެސް ކޮށްފައެވެ.
މިއަދު އޮންލައިން