ދިރާގުން ވޯލްޑްކަޕް ގެ މެޗުތައް 4ކޭ ކޮލިޓީގައި ގެނެސްދެނީ

ކިޔުމަށް ހޭދަވާނީ 1މ 9ސ
ދިރާގުން ވޯލްޑްކަޕް ގެ މެޗުތައް 4ކޭ ކޮލިޓީގައި ގެނެސްދެނީ
ދިރާގާއި ޕީއެސްއެމް ގުޅިގެން ވޯލްޑްކަޕް ރަޝިއާ 2018 ގެ މެޗުތައް 4ކޭ ކޮލިޓީގައި ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ވޯލްޑްކަޕް 4ކޭ ކޮލިޓީގައި ގެނެސްދެނީ ޓީވީއެމް ގެ 4ކޭ ޗަނަލަކުންނެވެ. އަދި ޓީވީއެމް އަކީ ރާއްޖޭގައި ވޯލްޑްކަޕް ގެ އެކްސްކްލޫސިވް ބްރޯޑްކާސްޓަރ ވެސް މެއެވެ.

ދިރާގު ޓީވީ މެދުވެރިކޮށް ޕީއެސްއެމް އާއި ގުޅިގެން ވޯލްޑްކަޕް ގެ މެޗުތައް 4ކޭ ކޮލިޓީގައި ގެނެސްދިނުމަށް ހަމަޖެހިފައިވާކަން އިއުލާން ކޮށްފައިވަނީ އިއްޔެ ޕީއެސްއެމް ގައި ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

4 ކޭ ނުވަތަ އަލްޓްރާ ހައި ޑެފިނިޝަން ޓެކްނޮލޮޖީ އަކީ މިހާރުގެ ސްމާޓް ޓީވީތަކުން ފެންނާނެ އެންމެ ފުރިހަމަ ކޮލިޓީއެވެ.

ދިރާގުން ބުނެފައިވާ ގޮތުގައި ދިރާގު ޓީވީ މެދެވެރިކޮށް 4ކޭ ކޮލިޓީގައި ވޯލްޑްކަޕް ބެލުމަށް، މިހާރުވެސް ބޭނުން ކުރައްވާ ޖޯއިބޮކްސް ގެ އިތުރުން އެއްވެސް ޑިވައިސެއް ބައްލަވާ ގަންނާކަށް ނުޖެހެއެވެ.
އިއްޔެގެ އެޚަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ އެކްޓިންގ ސީއެމްއޯ އަހުމަދު މައުމޫން ވިދާޅުވި ގޮތުގައި ދިރާގުގެ އަމާޒަކީ ރާއްޖޭގެ ކޭބަލް ޓީވީ މާކެޓް އިތުރު ހަރުފަތްތަކަކަށް ގެންގޮސްދީ ކަސްޓަމަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީތައް ފަސޭހަ ކަމާއެކު ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
މިއަދު އޮންލައިން