ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖުތަކަށް ހެޔޮ ބަދަލެއް

ކިޔުމަށް ހޭދަވާނީ 1މ 9ސ
ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖުތަކަށް ހެޔޮ ބަދަލެއް
ދިރާގު ފިކްސްޑް ބްރޯޑްބޭންށް ޕެކޭޖުތަކުގެ އެލަވަންސް އިތުރުކޮށް ކަސްޓަމަރުންގެ ފޯނަށް ޔޫސޭޖް ނޮޓިފިކޭޝަން ލިބޭނެ ގޮތް ހަމަ ޖައްސައިފިއެވެ.

ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖުތަކަށް ގެނައި ހެޔޮ ބަދަލުތަކުގެ ތެރޭގައި، ދިރާގުން ވަނީ މުޅިން އާ ޕެކޭޖެއް ވެސް ތަޢާރަފް ކޮށްފައެވެ.

ދިރާގުން ބުނެފައިވާ ގޮތުގައި މިއައި ބަދަލާއެކު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖުތަކުގެ ތެރެއިން އެންމެ މަޤުބޫލު ޕެކޭޖުތަކުގެ އެލަވަންސް އިތުރު ކޮށްފައިވެއެވެ. އަދި ކަސްޓަމަރުންގެ މަހުފީ އިތުރު ނުވެ އެޕެކޭޖަކަށް ލިބެންވާ އެލަވަންސް ވެސް އިތުރު ކޮށްފައިވާ ކަމަށް ދިރާގުން ބުނެފައިވެއެވެ.

މީގެއިތުރުން ފިކްސްޑް ބްރޯޑްބޭންޑްގެ އެލަވަންސް ހުސްވާން ކައިރިވުމުން އެސްއެމްއެސް އަކުން އަންގައި ދިނުމުގެ އިންތިޒާމުވެސް ހަމަޖައްސައި ދީފައިވެއެވެ.

ފިކްސްޑް ބްރޯޑްބޭންށް ޕެކޭޖުތަކަށް އައި ހެޔޮ ބަދަލާ ގުޅިގެން ފިކްސްޑް ބްރޯޑްބޭންށްގެ އެޑްއޮން ނުވަތަ ބޫސްޓަރ ތަކަށް ވެސް ވަނީ ކުރިއެރުން ތަކެއް ގެނެސްފައެވެ. އެގޮތުން 900 ރުފިޔާއަށް ލިބޭ 100 ޖީބީ ގެ ބޫސްޓާ މިހާރު ލިބެނީ 790 ރުފިޔާއަށް ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.

މީގެ އިތުރުން އަލަށް ތަޢާރަފްކުރި ޕެކޭޖަކީ 30 ޖީބީގެ އެލަވަންސް އަކާއި އެއްކޮށް 350 ރުފިޔާއަސް ފައިބާ 5 އެމްބީޕީއެސް ގެ ޕެކޭޖެކެވެ.
މިއަދު އޮންލައިން