މިއަރަށް ކާން ދިއްކުރި އަންހެނެއްގެ އިނގިލި ކާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
މިއަރަށް ކާން ދިއްކުރި އަންހެނެއްގެ އިނގިލި ކާލައިފި
ޔޮޓެއްގައި ހުރެ އޭނާގެ އަތުން މިއަރަށް ކާންދޭން އުޅުނު އަންހެނެއްގެ އަތުގެ ބޮޑުވާ އިނގިލި ކާލައިފިއެވެ.



އަންހެން މީހާ ބުނީ ޔޮޓް ކައިރީގައި ގިނަ އަދަދެއްގެ މިޔަރު އުޅޭތަން ފެނުމުން އެތަކެއްޗަށް ކާންދޭން މަސައްކަތްކުރަނިކޮށް އެ ހާދިސާ ހިނގި ނަމަވެސް ދެރަ ނުވާ ކަމަށެވެ. "ހީވަނީ މިޔަރަށް އޮޅުނީހެން. މަސްކޮޅުތަކެއް ކަމަށް ހީކޮށް އިނގިލިތަކުގައި ދަތް އެޅުނީހެން ހީވަނީ. އަސްލު ޖެހޭނީ ކާއެއްޗެތި އުކަން. އަތުން ލަވައިގެން ކާންދޭން އުޅެވުނުކަން އެއީ އަހަރެންނަށް ހެދުނު ގޯހެއް."



މިއަރު ދަތް އެޅުމުން ވީތަދާއިއެކު އުމުރުން 34 އަހަރުގެ އަންހެން މީހާ ވަނީ މޫދަށް ވެއްޓިފައެވެ. ޔޮޓުގައި ތިބި މީހުން އައިސް އޭނާ ސަލާމަތްކުރެވުނުއިރު ބޮޑުވާއިނގިލި ވަނީ ކާލައިފައެވެ.

މިހާދިސާ ހިނގާފައިވަނީ އޮސްޓްރޭލިއާގެ ޕަރތާ 2،500 ކިލޯ މީޓަރު ބޭރު ސަރަހައްދެއްގައެވެ.
މިއަދު އޮންލައިން