އެކްސިޑެންޓެއްގަ "މަރުވި" އަންހެނަކު މޯޗަރީ ފްރިޖުގައި "ދިރިއޮއްވާ" ފެނިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
އެކްސިޑެންޓެއްގަ "މަރުވި" އަންހެނަކު މޯޗަރީ ފްރިޖުގައި "ދިރިއޮއްވާ" ފެނިއްޖެ
ކާރު އެކްސިޑެންޓުވެ މަރުވި ކަމަށް ބެލެވުނު އަންހެނަކު އެތައް ގަޑިއިރެއްފަހުން މޯޗަރީ ފްރިޖަށްލާފައިވަނިކޮށް ދިރިއޮތްކަން ފާހަގަކުރެވުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އެބަ ގެންދެއެވެ.

ދެކުނު އެފްރިކާގެ ޖޮހޮނެސްބަރގްގައި ހިނގި މިއެކްސިޑެންޓާއި ގުޅިގެން ޙަރަކާތްތެރިވި ރެސްކިޔޫ އޮފިޝަލުން ބުނީ އަންހެން މީހާ މަރުވި ކަމަށް ކަނޑައެޅީ މީހަކު މަރުވުމުން ފެންނާނެ ހުރިހާ އަލާމާތްތަކެއް ފެނުމުން ކަމަށެވެ. އޭނާ ދިރިއޮތްކަން ފާހަގަކުރެވުނީ މޯޗަރީގެ ފްރިޖް ބަލަހައްޓާ ޓެކްނިޝަނުންނަށެވެ.

މިމައްސަލަ އާއި ގުޅިގެން ގިނަ ބައަކު ގެންދަނީ ރެސްކިޔޫޓީމަށް ފާޑުކިޔަމުންނެވެ. އެޓީމުން ބުނީ އެމީހުންނަކީ މީހުން މަރާ ޓީމެއް ނޫން ކަމަށާއި އެމީހުން މަސައްކަތްކުރަނީ ފުރާނަ ސަލާމަތްކުރަން ކަމަށެވެ.

އެންމެ ބޮޑު މައްސަލައަކަށްވެފައިވަނީ ޓެކްނިސިއަނުން ފްރިޖް ހުޅުވީ ދޮރުފަތް ލައްޕާފައި ހުއްޓާ ކަމަށްވާއިރު އެ ވަގުތުކޮޅު ތެރޭގައި ނޭވާ ހާސްވެގެންވެސް މަރު ނުވެ އޮތުމުންނެވެ. ދޮރުލައްޕާފައި ހޭދަވި ވަގުތު ހާމަކޮށްފައެއް ނުވެއެވެ.
މިއަދު އޮންލައިން