މުންބާއީއަށް ވާރޭވެހި އަނދޭރީ ބްރިޖް ވެއްޓި 6 މީހުން ޒަޚަމްވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
މުންބާއީއަށް ވާރޭވެހި އަނދޭރީ ބްރިޖް ވެއްޓި 6 މީހުން ޒަޚަމްވެއްޖެ
މުންބާއީއަށް ބޯކޮށް ވާރޭވެހި އަނދޭރީ ބްރިޖް ވެއްޓި 6 މީހުން ޒަޚަމްވެއްޖެއެވެ. އެއިގެ ތެރެއިން 2 މީހެއްގެ ޙާލު ވަރަށް ސީރިއަސްކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާދިސާ އާއި ގުޅިގެން ސަރަހައްދުގެ ރޭލް ދަތުރުުތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ފުލުހުންނާއި ރޭލްވޭ އޮފިސަރުން ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ވަނީ ބްރިޖް ވެއްޓުމުން ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކޮށްފައެވެ.

މުމްބާއީ އަކީ އިންޑިއާގެ ވިޔަފާރީގެ އެންމެ މައި ސިޓީ ކަމަށް ބެލެވޭއިރު މުނިސިޕަލިޓީގެ ޚިދުމަތްތައް ތަރައްޤީކުރުމުގައި މުމްބާއީގެ ސަރުކާރު ފެއިލްވުމުން އިމާރާތްތައް ވެއްޓުން ފަދަ ހާދިސާތައް އެންމެ ގިނައިން ހިނގަނީ މުމްބާއީގައިކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން