ވިހެއުމާއި ގުޅިގެން ދޭ އެންމެ ދިގު ޗުއްޓީ ދޭ ޤައުމަކަށް ބަލްގޭރިއާ ވެފައިވާއިރު އެޤައުމުން ވިހެއުމާއި ގުޅިގެން 410 ދުވަހުގެ ޗުއްޓީއެއް ދެއެވެ.
މިއީ 1 އަހަރާއި ދޮޅުމަސް ދުވަހެވެ. މި މުއްދަތުގައި އިނާޔަތެއްގެ ގޮތުގައި ދެނީ މުސާރައިގެ 90 އިންސައްތަ އެވެ.
އަންހެނުންގެ ހައްޤުތަކަށް އެންމެ ބޮޑަށް ވަކާލާތުކުރާ އެމެރިކާއިން ވިހެއުމާއި ގުޅިގެން ރަސްމީ ސިފައެއްގައި އެއްވެސް ޗުއްޓީއެއް ނުދެއެވެ.
ނަމަވެސް 50 އަށްވުރެ ގިނަ މުވައްޒިފުން ގެންގުޅޭ އަމިއްލަ ކުންފުނިތަކުން 12 ހަފްތާގެ ޗުއްޓީއެއް މުސާރަ ނުލިބޭ ގޮތަށް ދިނުމަށް ލާޒިމުކުރެއެވެ.
ވިހެއުމާއި ގުޅިގެން ރާއްޖޭގައި ސަރުކާރުން ދެނީ ބަންދު ދުވަސްތައް ކަނޑައި 60 ދުވަހެވެ. އެހެންކަމުން ބަންދު ދުވަސްތަކުގެ ގޮތުގައި މަހަކު ހުކުރު ހޮނިހިރު އެކަނި ކަމަށް ބަލައިފިނަމަ 84 ދުވަސް މުސާރައާއިއެކު ލިބޭނެއެވެ. އެއީ 12 ހަފްތާއެވެ.
އިންޑިއާއަށް ބަލައިފިނަމަ ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީ ވަނީ 12 ހަފްތާއިން 26 ހަފްތާއަށް އިތުރުކޮށްފައެވެ. މި ޤަވާއިދަށް އަމަލުކުރަންފަށާފައިވަނީ މިދިއަ އަހަރުއެވެ.