މެލޭޝިއާ ގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާޤު ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 43ސ
މެލޭޝިއާ ގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާޤު ހައްޔަރު ކޮށްފި
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާޤު، އެޤައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ހައްޔަރު ކޮށްފިއެވެ.

މީޑިއާ ރިޕޯޓުތަލިމް ހާމަވާ ގޮތުގައި މިއަދު މެންދުރުފަހު 14:45 ހާއިރު ނަޖީބު ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި މާދަމާ މެލޭޝިއާގެ ހައިކޯޓަށް ނަޖީބު ހާޒިރު ކުރާނެ ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ހައްޔަރު ކުރީ ހައްޔަރު ކޮށްފައިވަނީ އެކޮމިޝަނުން ބަލަމުން ގެންދާ ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ބަރުހާދުގެ އެސްއާރްއެސް އިން ނަޖީބުގެ އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލައިގައެވެ.

މިއަހަރު އެޤައުމުގައި ބޭއްވުނު އިންތިހާބުން ނާކާމިޔާބުވެ ބޮޑު ވަޒީރުކަން ގެއްލުމުން، މެލޭޝިއާގެ އިދާރާތަކުން ހިފަހައްޓާފައިވާ ނަޖީބުގެ މުދާތަކުގެ އަގު 371 މިލިއަން ޑޮލަރަށް އަރާ ކަމަށް ވެސް އެޤައުމުގެ ބައެއް ޚަބަރުތަކުގައި ބުނެފައިވެއެވެ.
މިއަދު އޮންލައިން