ފިފާ ވަރލްޑް ކަޕްގައި މިރޭ ކުޅުނު މެޗު ސްވިޑްން އިން ކާމިޔާބުކޮށް ކްއާޓަރ ކްއާޓަރގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މި މެޗު ސްވިޑްން އިން ކާމިޔާބުކުރީ ސްވިޓްޒަރލޭންޑާއި ބައްދަލުކޮށް 0-1ން ނެވެ. މެޗުގައި ޖެހި ހަމައެކަނި ލަނޑު 66 ވަނަ މިނެޓުގައި ޖަހައިދިނީ ފޯސްބަރގް އެވެ.
ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވާ އިރު، ދެޓީމުގެ ފަރާތުންވެސް ރަގަނޅު ކުޅުމެއް ވަނީ ފެނިފައެވެ.
މި މުބާރާތުގައި މިރޭ 11 ޖަހާއިރު ބައްދަލުކުރާނީ އިންގްލެންޑާއި ކޮލަމްބިއާ އެވެ. މި މެޗުން މޮޅުވާ ޓީމެއް ކްއާޓަރގައި ކުޅެންޖެހޭނީ ސްވިޑްން އާދެކޮޅަށެވެ.