އިނގިރޭސި ފުޓްބޯޅަ ކޯޗަކު 36 ކުދިންނާ ބެހުނުކަން ކޯޓަށް ސާބިތުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އިނގިރޭސި ފުޓްބޯޅަ ކޯޗަކު 36 ކުދިންނާ ބެހުނުކަން ކޯޓަށް ސާބިތުވެއްޖެ!
އިނގިރޭސިވިލާތުގެ ނިޔުކާސްޓްލް ޔުނައިޓެޑްގެ ކުރީގެ ކޯޗަކު 18 އަހަރުން ދަށުގެ 36 ކުދިންނާއިބެހި ޖިންސީ ގޯނާކޮށްފައިވާކަން ކޯޓަށް ސާބިތުވެއްޖެއެވެ.

ނިޔުކާސްޓްލް ކްރައުން ކޯޓުގައި ކުރިއަށް ގެންދިއަ ޝަރީއަތުގެ މަޖިލިސްތަކަށްފަހު ކޯޓުން ކަނޑައެޅީ ކޯޗް އޮރްމޮންޑް 36 ކުދިންނަށް ޖިންސީ ގޯނާކުރިކަން ސާބިތުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ވަރަށް އަވަހަށް ޙުކުމް އިއްވާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

މިހާރު އުމުރުން 62 އަހަރުވެފައިވާ ކޯޗު މި ޖަރީމާތައް ހިންގާފައިވަނީ 1970 ގެ އަހަރުތަކުގައާއި 1990 ގެ އަހަރުތަކުގައެވެ. ކޯޗުންނާއިބެހޭ މިފަދަ އެތައް މައްސަލަތަކެއް ތަފާތު ކޯޓުތަކުގައި ގެންދަނީ ބަލަމުންނެވެ. ނަމަވެސް ތަފާތު ނުފޫޒުތަކާއިހުރެ މައްސަލަތައް ބަލައި ނިންމުމަށް ދިގު މުއްދަތެއް ނަގައެވެ.

މިފަދަ މައްސަލަތައް ބެލުމަށް އިނގިރޭ ފުލުހުން މިހާރު ގެންދަނީ އޮޕަރޭޝަން ޓައިޑްގެ ނަމުގައި ޚާއްޞަ އޮޕަރޭޝަންތަކެއް ވެސް ހިންގަމުންނެވެ.

މިބާވަތުގެ މައްސަލަތައް ފެންމަތިވަމުން އަންނައިރު ކޮންމެ ޤައުމަކަށް ނިޞްބަތްވީ ނަމަވެސް ކޯޗުންނާއި ދަރިން ހަވާލުކުރާއިރު މިފަދަ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމަށް ބެލެވެއެވެ.
މިއަދު އޮންލައިން