ނަޖީބު ރައްޒާޤުގެ މިހާރު ބަލަމުން ގެންދާ މައްސަލަތަކުގަ ވެސް 20 އަަހަރުގެ ޖަލުހުކުމެއް- 210 މިލިއަން ރިންގިޓްގެ ޖުރުމަނާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ނަޖީބު ރައްޒާޤުގެ މިހާރު ބަލަމުން ގެންދާ މައްސަލަތަކުގަ ވެސް 20 އަަހަރުގެ ޖަލުހުކުމެއް- 210 މިލިއަން ރިންގިޓްގެ ޖުރުމަނާ!

މެލޭސިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން މިހާރު ބަލަމުން ގެންދާ މައްސަލަތަކަށް އެކަނި ބެލި ނަމަވެސް އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ޙުކުމެއް އިއްވައި 210 މިލިއަން ރިންގިޓުން ޖުރުމަނާ ކުރާނެއެވެ.

މިހާރު ބަލަމުން ގެންދާ މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދަކީ 42 މިލިއަން ރިންގިޓެވެ. މެލޭސިޔާގެ ޤާނޫނު ބުނާގޮތުން އެ އަދަދުގެ 5 ގުނަ ޖުރުމަނާކުރެވޭނެއެވެ. އަދި މީގެ އިތުރުން ހައްދު ޖެހުމަށްވެސް ފަނޑިޔާރަށް ކަނޑައެޅިދާނެއެވެ.

އެންޓި ކޮރަޕްޝަން މައްސަލަތައް ބަލާ އިދާރާއިން އިއްޔެ ވަނީ ނަޖީބް ރައްޒާޤް ބަންދުކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އިއްޔެ އޭނާ ބަންދުކޮށްފައިވަނީ ގޭގައެވެ. ނަމަވެސް މިއަދު އޭނާ ކޯޓަށް ހާޒިރުކޮށް ކޯޓުން ކުރާ އަމުރާ އެއްގޮތަށް އަމަލުކުރަން ފަށާނެއެވެ.

ނަޖީބު ރައްޒާޤުގެ ވެރިކަމުގައި ކޮރަޕްޝަނާއިބެހޭ މައްސަލަތަކެއްގައި އޭނާގެ ޢާއިލާގެ ބައެއް މެންބަރުން ސިންގަޕޫރުގައި ކުރާ ބައެއް ވިޔަފާރިތައް ވަނީ ކޮރަޕްޝަނުގެ މައްސަލަތަކާއި ގުޅިގެން ފްރީޒް ކޮށްފައެވެ. އަދި ބައެއް މީހުންނާއިމެދު ވަނީ ފިޔަވަޅުވެސް އަޅައިފައެވެ.
މިއަދު އޮންލައިން