ޝާރުޖާގެ އަމީރު އުފަން ދުވަސް ފާހަގަކުރައްވަން "ކައްކާ މީހަކަށް"
ޝާރުޖާގެ އަމީރު، ސުލްޔާން ބިން މުޙައްމަދު އަލްޤާސިމީ، އުފަން ދުވަސް ފާހަގަކުރައްވަން "ކައްކާ މީހަކަށް"ވެވަޑައިގެން އަމިއްލަފުޅަށް ކާތަކެތި ތައްޔާރުކުރައްވައި ޢާއިލާގެ ބޭފުޅުންނަށާއި ގާތް ބޭފުޅުންނަށް ފަރިއްކޮޅު އަރުވައިފިއެވެ.
ކެއްކުމުގެ މަސައްކަތުގައި އުޅުއްވިއިރު ހުންނެވީ ކައްކާ މީހުން އަޅާފަދަ އޭޕްރަންއެއްވެސް އަޅުއްވައިގެންނެވެ. އޭޕްރަންގައި ލިޔެފައިވަމީ "ގްރޭންޑެޑް ކިންގ އޮފް ބާބަކިޔުސް"އެވެ.
އަމީރުގެ ކައްކަވާ ފޮޓޯފުޅުތަކަށް ސޯޝަލް މީޑިއާގައި ދަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ.