އެންމެ ބޮޑު އެއް ހެކަތޯން "އޭންޖެލްހެކް" ދިރާގުން ރާއްޖޭގައި ބާއްވަން ނިންމައިފި

ކިޔުމަށް ހޭދަވާނީ 1މ 7ސ
އެންމެ ބޮޑު އެއް ހެކަތޯން "އޭންޖެލްހެކް" ދިރާގުން ރާއްޖޭގައި ބާއްވަން ނިންމައިފި
ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ހެކަތޯޯން ކަމަށްވާ "އޭންޖެލްހެކް"، ސްޕާކްހަބް އާއި ގުޅިގެން ދިރާގުން ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

"އޭންޖެލްހެކް" ހެކަތޯން ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާކަން އިއުލާނުކުރީ، އެކަމާއި ގުޅިގެން ރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިހެކަތޯން ބޭއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ ޖުލައި މަހުގެ 21 އަދި 22 ގައެވެ.

ރޭ ބޭއްވުނު އެރަސްމިއްޔާތުގައި ހެކަތޯން "އޭންޖެލްހެކް" ލޯންޗްކޮށްދެއްވީ ދިރާގުގެ އެކްޓިން ޗީފް މާކެޓިން އޮފިސަރ އަޙުމަދު މައިމޫން އާއި ސްޕާކްހަބް ގެ މެނޭޖިން ޕާޓްނަރ އަލީ ހާރިޝް އެވެ.

މިހެކަތޯންައި ބއިވެރިވުމަށް މިހާރު ފުރުސަތު ހުޅުވާލެވިފައިވާއިރު، ދިރާގުން މައުލޫމާތު ދީފައިވާ ގޮތުގައި މިފުރުސަތަކީ ރާއްޖޭގައި ތިބި ޒުވާން ހުނަރުވެރިންނަށް ބޭރު ދުނިޔެއަށް ވެސް އެމީހުންގެ ހުނަރު ދައްކާލަން ލިބޭނެ ރަނުގެ ފުރުސަތެއް ކަމުގައެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ މުއާސަލާތީ ޚިދުމަތް ދޭ ފަރާތް ކަމުގައިވާ ދިރާގާއި ސްޕާކްހަބް ގުޅިގެން ބާއްވާ "އޭންޖެލްހެކް" ހެކަތޯން އިން އެއްވަނައަށް ދާ ފަރާތަކަށް ސެން ފްރެންސިސްކޯ ގައި ބާއްވާ ގްލޯބަލް ޑިމޯޑޭގައި ބައިވެރިވެ އެފަރާތެއްގެ ހުނަރު ދައްކާލުމަށް ފުރުސަތު ލިބިގެންދާނެއެވެ.
މިއަދު އޮންލައިން