ގެއިން ނެރެ މުސްކުޅިން ބަލަހައްޓާ ތަނަކަށް ލާން އުޅޭ ކަމުގެ ތުހުމަތުގައި 92 އަހަރުގެ މަންމައަކު 72 އަހަރުގެ ދަރިފުޅު މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ގެއިން ނެރެ މުސްކުޅިން ބަލަހައްޓާ ތަނަކަށް ލާން އުޅޭ ކަމުގެ ތުހުމަތުގައި 92 އަހަރުގެ މަންމައަކު 72 އަހަރުގެ ދަރިފުޅު މަރާލައިފި
ގެއިން ނެރެ މުސްކުޅިން ބަލަހައްޓާ ތަނަކަށް ލާން އުޅޭ ކަމުގެ ތުހުމަތުގައި 92 އަހަރުގެ މަންމައަކު 72 އަހަރުގެ ދަރިފުޅު މަރާލައިފި އެވެ. މިހާދިސާ ހިނގާފައިވަނީ އެމެރިކާގެ އެރިޒޯނާގެ ކެޕިޓަލް ފީނިކްސްގައެވެ.

އަންނަ މައެ ބްލެސިންގސް ވަނީ އޭނާގެ ފިރިހެން ދަރިފުޅު އިށީނދެ އިންދާ ބޮލަށް އެތައް ފަހަރަކު ވަޒަންޖެހިކަމަށް އިއުތިރާފްވެފައެވެ. ދަރިފުޅުގެ އަނބިމީހާ، 57 އަހަރުގެ އަންހެނަކު ބުނީ އޭނާއަށް ވެސް ހަމަލާދޭން އުޅުނު ކަމަށާއި ނަމަވެސް ހަމަލާ ދިނުމުގެ ކުރިން މައިދައިތަގެ މައްޗަށް ގަދަވެގަނެ ބަޑި އަތުލީ ކަމަށެވެ.

އަންނަ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވަނީ މުސްކުޅިން ބަލަހައްޓާ ގެއަށް ބަދަލުވުމަށް އޭނާ ދެކޮޅު ހެދުމުން ދަަރިފުޅު އުޅުނީ އޭނާއަށް ބޭހެއްދީ ނިންދަވާލައި ބާއްވައިގެން އެކަންކުރަން ކަމަށެވެ. އެހެންވެ އެކަމުގެ ސަބަބުން އޭނާގެ ފުރާނައަށް ގެއްލުމެއް ލިބިދާނެކަމުގެ ބިރަށް ދަރިފުޅު މަރައިލީ ކަމަށްވެސް ބުނެފައިވެއެވެ.
މިއަދު އޮންލައިން