އެމެރިކާގައި ކޯރަކަށް ގެނބެމުންދިއަ 2 ކުއްޖަކު ސަލާމަތްކުރަން މަސައްކަތްކުރި ސައުދީ 2 ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.
މިހާދިސަ ހިނގީ އެމެރިކާގައި ކިޔަވަންތިބި ސައުދީ ދަރިވަރުންތަކެއް ކޯރެއްގެ ކައިރިއަށް ޕިކްނިކް ގޮސް އުޅުމުގެ ތެރޭގައެވެ.
ރިޕޯޓްތައް ބުނާ ދެކުދިން ގެނބުނީ ރާޅުބާންޏެއް އައިސް އެދެކުދިން ބޭރަށް ދަމައިގަތުމުންނެވެ. މަންޒަރު ފެނުމުން އެތަނުގައި ތިބި ބައަކު ގޮސް ކުދިން ސަލާމަތް ކުރަން ކުރި މަސައްކަތުގައި ކުރިން ގެނބެމުންދިއަ ދެކުދިން ވަނީ ސަލާމަތްކޮށްފައެވެ. ނަމަވެސް ދަމައިގަތްކުދިން މާ ބޭރަށް ގެންދިއުމުން ސަލާމަތް ނުކުރެވުނީއެވެ.
ކުދިން ޕިކްނިކް ގޮސް އުޅުނީ ބައެއް ކުދިންގެ ޢާއިލާތަކާއިއެކުގައެވެ.