ގާތުން ބޯން އޮތް 12 ދުވަހުގެ ކުއްޖަކު މައިމީހާގެ ގައިދަށުވެ މަރުވެއްޖެއެވެ.
ޝާރުޖާގައި އިއްޔެ ހިނގި މިހާދިސާ އާއި ގުޅިގެން ޢާއިލާއިން ބުނީ ވިހެއުމަށްފަހު މައިމީހާ އުޅެނީ ބަލިވެ ކަމަށާއި ދަރިފުޅު ރޯތީ ކުރީ ރޭ މައިމީހާއަށް ނުވެސް ނިދޭ ކަމަށެވެ.
"ދެމައިން އެކުގަ އެނދުގަ ތިބީ. އިރުކޮޅެއްފަހުން ފެނުނީ ކުއްޖާގެ ނޭފަތުން ލޭއަންނަތަން. އަވަހަށް ދެ މައިން އެކުގައި ހޮސްޕިޓަލަށް ގެންދިއައީ. ނަމަވެސް ޑޮކްޓަރުން ބުނީ ކުއްޖާ އޮތީ އެއިރުވެސް މަރުވެފަ ކަމަށް."
ގާތުން ދިނުމަށް ދަރިން ގާތުގައި ބާއްވައިގެން މައިން ނިދުމަކީ ޢާންމު ކަމެކެވެ. ނަމަވެސް ގައިދަށުވެ މަރުވުމަކީ ޢާންމުކަމެއް ނޫނެވެ.