ގޭގައި ވަގުނޫޓް ޗާޕްކުރަމުންދިއަ އިންޑިއާގެ ކެރަލާ ސްޓޭޓުގެ މަޝްހޫރު ޓީވީ ތަރިއަކާއި އޭނާގެ މަންމައާއި ކޮއްކޮ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޓީވީ ތަރި ސޫރިޔާގެ ގެ ބަލައިފާސްކުރުމުގެ ތެރޭގައި ދެ ލައްކަ ރުޕީސްގެ ވަގުނޫޓާއި ނޫޓު ޗާޕްކުރާ ކަރުދާހާއި އެކަމަށް ބޭނުންކުރާ މެޝިންތައްވެސް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ސޫރިޔާ އާއި ގުޅިގެން މިކަމުގައި ހަރަކާތްތެރިވަމުން އަންނަނީ ވަރަށް ޤާބިލު ޓީމެއް ކަމަށާއި އެ އެންމެން ހައްޔަރުކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.