މަދަރ ޓެރަސާގެ ދީނީ ގެއެއްގެ ގޮތުގައި އިންޑިއާގެ ޗެންނާއީގައި ހިންގާ ގެއަކުން ކުޑަކުދިން ވިއްކާކަމުގެ މައްސަލަތަކެއް ފެންމަތިވެ އެ ގެ ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ އެގެ އަކީ މާބަނޑު އަންހެނުންނާއި ކުޑަކުދިން ބަލަހައްޓައިދޭ ތަނެއްގެ ގޮތުގައި ހިންގާ ގެއެއް ކަމަށެވެ. އަދި މިހައިތަނަށް ބެލިބެލުމުން 6 ކުއްޖަކު ވިއްކާފައިވާ ކަމާއި ވިއްކާފައިވަނީ 40،000 ރުޕީސް އާއި 100،000 ރުޕީސް އާއި ދެމެދުގެ އަގުތަކަށް ކަމަށް އެނގިފައިވާ ކަމަށެވެ.
ކުދިން ވިއްކާފައިވަނީ ދަރިން ނުލިބޭ ޢާއިލާތަކަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.