އަޝްރާމަކުން އިއްޔެ އަތުލައިގަތް 67 އަންހެން ކުދިންގެ ވަނީ "ބޯ ކާލާފަ."

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އަޝްރާމަކުން އިއްޔެ އަތުލައިގަތް 67 އަންހެން ކުދިންގެ ވަނީ "ބޯ ކާލާފަ."
އިންޑިއާގެ ރާޖަސްތާނުގެ ރާޖްސަމަންދުގެ ހޮޓަލެއްގައި ހިންގާ އަޝްރާމަކުން ފުލުހުން އިއްޔެ އަތުލައިގަތް 67 އަންހެން ކުދިންގެ ވަނީ "ބޯ ކާލާފަ" ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެކުދިން މިހާރު ވަނީ އެފަދަ ކުދިން ބަލަހައްޓާ ތަނަކަށް ބަދަލުކުރެވިފައި ކަމަށާއި ނަމަވެސް އެކުދިން އެންމެ ކުޑަމިނުން ވާހަކަ ދައްކަންވެސް ކުރާ ސުވާލަކަށް ޖަވާބުދޭން ވެސް ބޭނުން ނުވާ ކަމަށެވެ. އަދި ކެއުމަށްވެސް ޝައުޤުވެރިކަމެއް ނެތް ކަމަށެވެ.

"އެކުދިންނަށް އެހީތެރިވާން ކައިރިވީމާ ވެސް އަޑުގަދަކުރަނީ. ބުނަނީ އަޝްރާމުގައި ތިބީ ތިބެން ބޭނުންވެގެންނޭ. މަޖުބޫރުކޮށްގެނެއް ނޫނޭ. އެހެން އެއްވެސް ބަހެއް ނުބުނޭ. އެހެންވީމާ ޤަބޫލުކުރެވެނީ އެކުދިން އެތިބީ "ހިޕްނޮޓައިޒް" ކޮށްފަ ކަމަށް."

ފުލުހުން ބުނީ އެ އަޝްރާމަކީ ބޮޑު ހޮޓަލެއްގެ ހޯލުގައި ހންގާ އަޝްރާމެއް ކަމަށެވެ. އަދި މިއިން އެއްވެސް ކުއްޖަކާއިބެހޭ އެއްވެސް ލިޔެކިޔުމެއްވެސް ނުލިބުނު ކަމަށެވެ.

ފުލުހުން ދަނީ އެކުދިންގެ ޢާއިލާތައް ދެނެގަތުމަށް މަސައްކަތްކުރަމުންނެވެ.
މިއަދު އޮންލައިން