ނަވާޒް ޝަރީފަށް 10 އަހަރު، ދަރި މަރްޔަމަށް 7 އަހަރު ޖަލު ޙުކުމް އިއްވައިފި!

ކިޔުމަށް ހޭދަވާނީ 1މ 31ސ
ނަވާޒް ޝަރީފަށް 10 އަހަރު، ދަރި މަރްޔަމަށް 7 އަހަރު ޖަލު ޙުކުމް އިއްވައިފި!
ކޮރަޕްޝަނުގެ މައްސަލަތައް ގިނަވެ ޕާކިސްތާނުގެ ވެރިކަމުން ބޭރުކުރި ނަވާޒް ޝަރީފްގެ މައްޗަށް 10 އަހަރުގެ ޖަލު ޙުކުމަކާއި 1 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.

10 އަހަރުގެ ޖަލު ޙުކުމެއް އިއްވީ ލިބޭ އާމްދަނީއަށްވުރެ މާގިނަ އަދަދުތަކަށް އެސެޓާއި ފައިސާ އަތުގައި ހުރުމުންނެވެ. 1 އަހަރު ދުވަހުގެ ޙުކުމެއް އިއްވީ މައްސަލަތައް ބަލަން އެއްބާރުލުން ނުދިނުމުންނެވެ.

ދަރި މަރިޔަމް ނަވާޒް ޝަރީފުގެ މައްޗަށްވެސް ވަނީ 7 އަހަރު ދުވަހުގެ ޙުކުމަކާއި 1 އަހަރު ދުވަހުގެ ޙުކުމެއް އިއްވައިފައެވެ.
މިހާރުވެސް ކޮރަޕްޝަނުގެ އިތުރު މައްސަލަތައް ދަނީ ބަލަމުންނެވެ. އަންނާނީ ޢާއިލާގެ ކޮން ބައަކަށް ކިތައް އަހަރުގެ ޙުކުމްތަކެއްކަމެއް އަދި ނުއެނގެއެވެ.

ނަވާޒު ޝަރީފުގެ މައްޗަށް މިއަދު ޙުކުމް އިއްވީ އަނބިކަނބަލުންގެ ފަރުވާއަށްފަހު އެނބުރި ޕާކިސްޓާނަށް ވަޑައިގެންނެވެންދެން ޙުކުމް ކުރުން ފަސްކޮށްދެއްވުމަށް ނަވާޒް ޝަރީފް އެދިވަޑައިގެންފައި ވަނިކޮށެވެ.

ކޯޓުން މިއަދު ޙުކުމް އިއްވި އިރު މިއަދު 1 އަހަރު ދުވަހުގެ ހުކުމެއް އިންވި ދަނބިދަރި ކެޕްޓަން ސަފްދާރު ފިޔަވައި ޢާއިލާގެ އެންމެން ވަނީ އިނގިރޭސިވިލާތުގައެވެ. އެހެންކަމުން އަނެއްކާވެސް ސައުދިއަަރަބިޔާގެ ހިމާޔަތް ހޯދުމަކީ އެކަށީގެންވާ ކަމެކެވެ.

މިއީ ނަވާޒް ޝަރީފުގެ 3 ވަނަ އޮއްސުމެވެ. ބޮޑުވަޒީރުކަން ފުރަތަމަ ލިބުނީ 1990 ގައެވެ. އެއިގެ 3 އަހަރު ފަހުން ވަނީ މަޤާމުން ވަކިކުރެވިފައެވެ. އެއަށްފަހު 1997 ވަނަ އަހަރު ބޮޑުވަޒީރުކަން ލިބި މަޤާމުގައި ހުއްޓާ މުޝައްރަފު ގެނައި އިލްޤިލާބުގައި ވަނީ މަޤާމުން ދުރުކޮށްފައެވެ. 3 ވަނަ ފަހަރު ބޮޑުވަޒީރުކަން ލިބުނީ 2013 ވަނަ އަހަރުއެވެ. ކޮރަޕްޝަން މައްސަލަތައް ހުށަހެޅި ސްޕްރީމް ކޯޓުން މަޤާމުން ދުރުކުރީ 18 ޖުލައި 2017 ގައެވެ. 13 އެޕްރިލް 2018 ގައި ސްޕްރީމް ކޯޓުން ވަނީ އެއްވެސް ސިޔާސީ މަޤާމެއް އަދާނުކުރެވޭނެ ގޮތަށް ޙުކުމްކޮށްފައެވެ.

ޙުކުމް އިއްވުމާއިއެކު މަރްޔަމް ވަނީ ޙުކުމް މާކުޑަ ކަމަށްބުނެ ފަނޑިޔާރުންނަށް ފުރައްސާރަކޮށްފައެވެ.
މިއަދު އޮންލައިން