ހޮހޮޅައިގަ ތާށިވެފަތިބި ފުޓްބޯޅަ ޓީމް ސަލާމަތްކުރުމުގަ ގޮތް ހުސްވުމަކަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ހޮހޮޅައިގަ ތާށިވެފަތިބި ފުޓްބޯޅަ ޓީމް ސަލާމަތްކުރުމުގަ ގޮތް ހުސްވުމަކަށް
ތައިލަންޑުގެ ހޮހޮޅައިގައި ތާށިވެފައި ތިބި 12 ކުދިންނާއި ކޯޗް ސަލާމަތްކުރުމުގެ މަސައްކަތުގައި ގޮތް ހުސްވާ ހިސާބަށް ހިނގައްޖެ ކަމަށް ބެލެވެން ފަށައިފިއެވެ. ނޭވީން ބުނަނީ އިމަރޖެންސީ ޙާލަތުގައި ކުރެވެންހުރި ކަންކަން ކުރަން ފަށަންޖެހިފައިވާ ކަމަށެވެ.

ނޭވީމް މިފަދަ އިބާރާތްތައް ބޭނުންކުރާއިރު އަންނަ އާދީއްތަ ދުވަހު އިތުރަށް އެސަރަހައްދަށް ވަރޭ ވެހި ފެންބޮޑުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ހޮހޮޅައިގެ އޮކްސިޖަން ލެވެލް މިހާރު ވެސް ހުރީ 15 ގައެވެ. އޮކްސިޖަން ފޯރުކޮށްދޭން ދިއަ ޑައިވަރަކު އޮކްސިޖަން ފޯރުކޮށްދިނުމަށްފަހު އެނބުރި އައި މަގުމަތީގައި މިއަދު ވަނީ މަރުވެފައެވެ. އޭނާއަކީ ނޭވީގައި ފުރިހަމައަށް ތަމްރީނު ލިބިގެން ހުރި ޑައިވަރެކެވެ.

އެކުދިން ސަލާމަތްކުރުމުގެ އޮޕަރޭޝަނުގައި މިހާރުވެސް 1000 އަށްވުރެ ގިނަ މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މިއަދު އޮންލައިން