ކަލަކު ވޮޑިގެންވާކަން ސާބިތުކޮށްދީފިނަމަ ވަގުތުން އިސްތިއުފާ ދޭނެކަމަށް ބުނެ ފިލިޕިންސްގެ ރައީސް "މޮޮޔަބޮޑުވެއްޖެ"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ކަލަކު ވޮޑިގެންވާކަން ސާބިތުކޮށްދީފިނަމަ ވަގުތުން އިސްތިއުފާ ދޭނެކަމަށް ބުނެ ފިލިޕިންސްގެ ރައީސް "މޮޮޔަބޮޑުވެއްޖެ"
ކަލަކު ވޮޑިގެންވާކަން ސާބިތުކޮށްދީފިނަމަ ވަގުތުން އިސްތިއުފާ ދޭނެކަމަށް ބުނެ ފިލިޕިންސްގެ ރައީސް ދުތާތޭ "މޮޮޔަބޮޑުވެއްޖެ" އެވެ.

މިފަދަ ބޯގޯސް ވާހަކަތަކެއް މީނާ ދައްކާފައި މިވަނީ ކަލާނގެ އަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކަކާއި ގުޅިގެން އެޤައުމުގެ ކެތަލިކުން އިންތިހާއަށް ރުޅިގަދަވެފައިވަނިކޮށެވެ. ފިލިޕިންސަށް ބަލާއިރު ކެތަލިކުންނަކީ 82.9 އިންސައްތައެވެ.

ސައިންސް ފެއަރއެއް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މީނާ ބުނީ "ކަލާނގެއާ ވާހަކަ ދެއްކި މީހެއް، ނުވަތަ ކަލާނގެ އާއެކު ސެލްފީއެއް ނެގި މީހަކު ހުރިނަމަ އެކަން ހާމަކުރުމަށެވެ." އަދި އެއްވެސް މީހަކު އެކަން ކޮށްފިނަމަ އޭނާ ވަގުތުން އިސްތިއުފާ ދޭނެ ކަމަށެވެ.

ދުތާތޭ ވަނީ މިދިއަ ހަފްތާގައި އޭނާގެ އެންމެ ގާތް މީހުންނަށްވެސް ދީނީގޮތުން ފުރައްސާރަ ކޮށްފައެވެ. އަދި އޭނާގެ އެފަދަ ބޯހަރު، ދެކޮޅު ނުޖެހޭ ދަށުދަރަޖައިގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ އިތުރުން ފިލިޕިންސްގައިވެސް އަންނަނީ އޭނާއަށް ތާއީދު ގެއްލެމުންނެވެ.
މިއަދު އޮންލައިން