މިއަދަކީ ދުނިޔޭގެ ޗޮކްލެޓް ދުވަސް - ލޯބިވާ ފަރާތަކަށް ޗޮކްލެޓެއް ދޭންވީނު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
މިއަދަކީ ދުނިޔޭގެ ޗޮކްލެޓް ދުވަސް - ލޯބިވާ ފަރާތަކަށް ޗޮކްލެޓެއް ދޭންވީނު؟
މިއަދަކީ ދުނިޔޭގެ ޗޮކްލެޓް ދުވަހެވެ. މިދުވަސް ފާހަގަކުރަން ތަފާތުކަންކަން ކުރަމުން ގެންދެއެވެ.

އެގޮތުން ޔޫއޭއީގެ ސްޕަމޭކެޓްތަކުގައި ޗޮކްލެޓް ޕްރަމޯޓްކުރަން ތަފާތު ހަރަކާތްތައް ހިންގަމުން އެބަގެންދެއެވެ. އެގޮތުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ޗޮކްލެޓް ޕްރަމޯޓުކުރުމާއި އަގުހެޔޮކޮށް ވިއްކުމާއި ޗޮކްލެޓްގެ ވިޔަފާރިއާއި ބެހޭގޮތުން މައުލޫމާތު ދިނުން ފަދަ ކަންކަން ކުރިއަށް ގެންދެއެވެ.

ޗޮކްލެޓް ދުވަސް ފާހަގަ ކުރުމުގަ އޮސްޓްރޭލިއާގެ ޕަރތުގެ ބައެއް ރެސްޓޯރަންޓްތަކުގައި މިއަދު ގެންދަނީ ޗޮކްލެޓްގެ އައު އުފެއްދުންތައް ތައްޔާރުކޮށް އިޝްތިހާރުކުރަމުންނެވެ.

ޗޮކްލެޓްގެ ވިޔަފާރިއަށް ބަލާއިރު 2016 ވަނަ އަހަރު 98.2 ބިލިއަން ޑޮލަރުގެ ޗޮކްލެޓް ވިކިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން މިއީ އެންމެ ގިނައިން ވިކޭ އެއް ބާވަތްކަމަށް ވަނީ ވެފައެވެ.

ރާއްޖޭގެ ބާޒާރަށް ބެލިނަމަވެސް އެންމެ ތިޔާގި އެއް ބާވަތަކީ ޗޮކްލެޓެވެ. ދުނިޔޭގެ މަޝްހޫރު ހުރިހާ މަރުކާތަކެއްގެ ޗޮކްލެޓްތައް ރާއްޖޭގެ ބާޒާރުން ލިބެންހުރިއިރު ޗޮކްލެޓްގެ ވިޔަފާރިއަކީ އެންމެ ކާމިޔާބު އެއް ވިޔަފާރިއެވެ.

ޗޮކްލެޓް މާކެޓްކުރާ ބައެއް ކުންފުނިތަކުން މިއަދު ބޭނުންކުރާ ބައެއް ޝިއާރުތަކުގެ ތެރޭގައި "ލޯބިވާ ފަރާތަށް ޗޮކްލެޓެއް ދޭންވީނު؟" ފަދަ ޝިޢާރުތައް ހިމެނެއެވެ.
މިއަދު އޮންލައިން