މިފަހަރު ގިނަ ބައެއްގެ ތަޢްރީފް ލިބިވަޑައިގަތީ ކެނެޑާގައި ހުރި އިންޑިއާ ރައްޔިތެއްގެ ވިސާ އައުކުރުމަށް ބޭނުންވާ ޕޮލިސް ކްލިއަރަންސް ރިޕޯޓް ހޯދަން އުޅޭތާ 3 މަސްވީއިރުވެސް ނުލިބުމުން އެކަމަނާއަށް ޓްވީތް ކުރިތާ 2 ގަޑިއިރު ތެރޭގައި އެކަން ހަމަޖައްސަވައިދެއްވުމުންނެވެ.
މިކަމާއި ގުޅިގެން ގިނަ ބައަކު ގެންދަނީ ސުޝްމާއަށް ތަޢުރީފްކުރަމުންނެވެ. އެމީހުން ބުނަނީ ރައްޔިތުންނަށް ޚިދުމަތްކޮށްދޭން ތިބެންޖެހޭނީ ޓްވީޓަކުން ނަމަވެސް ރައްޔިތުންނަށް ކަންބޮޑުވާ ކަންކަން ވަގުތުން ހަމަޖައްސަވައިދެއްވޭނެ ބޭފުޅުންނަށް ކަމަށާއި ސުޝްމާ ގެންދަވަނީ އެކަމުގައި މުޅި އިންޑިއާއަށް ނަމޫނާ ދައްކަވަމުން ކަމަށެވެ.
Poonam ji - This is done. You should be happy now. @PoonamCH5 @cgivancouver https://t.co/gtU8ZV6oN9
— Sushma Swaraj (@SushmaSwaraj) July 6, 2018