ކުދިން ތިބި ދިމާ ހޯދަން 100 އަށްވުރެ ގިނަ ލޯވަޅު ތޮރުފައިފި- އަދިވެސް މަގެއް ނުފެނޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ކުދިން ތިބި ދިމާ ހޯދަން 100 އަށްވުރެ ގިނަ ލޯވަޅު ތޮރުފައިފި- އަދިވެސް މަގެއް ނުފެނޭ!
ހޮހޮޅައިގެ ފުލުގައި ތާށިވެފައިތިބި ތައިލެންޑްގެ ފުޓްބޯޅަ ޓީމުގެ ކުދިން ސަލާމަތް ކުރަން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން 100 އަށްވުރެ ގިނަ ލޯވަޅު ތޮރުފައިފިއެވެ. ބައެއް ލޯވަޅުތައް ވަނީ 400 މީޓަރު އަޑިއަށްވެސް ތޮރުފައިފައެވެ. ނަމަވެސް އަދިވެސް ކުދިންނާއި ދިމާއަށް ތޮރުފޭނެ ގޮތެއް ވަނީ ނުވެފައެވެ.



އެމެރިކާގެ ޑައިވަރުން މިހާރު ވިސްނަމުން ދަނީ ފަހަރަކު ކުއްޖަކު ގޮވައިގެން މައްޗަށް އެރޭނެ މަގެއް ހޯދޭތޯއެވެ. ނަމަވެސް އެކަން ކުރެވޭނެ ގޮތެއްވެސް އަދި ނުފެނެއެވެ.

ކުދިންގެ ފަރާތުން އިއްޔެ ބެލެނިވެރިންނަށް ލިޔެފައިވާ ނޯޓެއްގައި އެދިފައިވަނީ ކަންބޮޑު ނުވުމަށެވެ. އެކުދިން ތިބީ ސަލާމަތުން ކަމަށެވެ.



ކުދިން ސަލާމަތްކުރުމުގެ މަސައްކަތުގައި ތައި ނޭވީ ޑައިވަރުންގެ އިތުރުން އެމެރިކާ، އީޔޫ، އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތުގެ ޑައިވަރުން ގެންދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އެންމެން ގުޅިގެން ކުރާ މަސައްކަތުންވެސް އަދިވެސް ކުދިން ހޮހޮޅައިން ނެރެވޭނެ ގޮތެއް ނުހޯދެއެވެ. އެންމެންވެސް ދެމުން ދަނީ އުންމީދެވެ.
މިއަދު އޮންލައިން