ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލަށް ދިރާގުން އެންއެފްސީ ޑެބިޓް ކާޑު ތަޢާރަފްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 38ސ
ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލަށް ދިރާގުން އެންއެފްސީ ޑެބިޓް ކާޑު ތަޢާރަފްކޮށްފި
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ މުއާސަލާތީ ޚިދުމަތް ދޭ ފަރާތް ކަމުގައިވާ ދިރާގުން، ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި "ދިރާގު ޕޭ" އެންއެފްސީ ޑެބިޓް ކާޑު ތަޢާރަފް ކޮށްފިއެވެ.

މިކާޑަކީ އެސްކޫލްގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ދިވެހި ރާއްޖޭގައި ތަޢާރަފް ކުރި މިފަދަ ފުރަތަމަ އެންއެފްސީ ޑެބިޓް ކާޑެވެ.

ދިރާގުން މައުލޫމާތު ދީފައިވާ ގޮތުގައި މިކާޑު ފަރުމާކުރެވިފައި ވަނީ ދަރިވަރުންގެ ފޮޓޯއާއި ނަމާއި އަދި އިންޑެކްސް ނަންބަރު ހިމަނައި ޕަރސަނަލައިޒް ކުރެވިގެންނެވެ. މިކާޑު ތަޢާރަފް ކޮށްދެއްވީ މިކަމަށްޓަކައި ސްކޫލްގައި ބޭއްވި ޚާއްސަ އިވެންޓެއްގައި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލެވެ.

ދިރާގު ޕޭގެ މިޑެބިޓް ކާޑަކީ އެންއެފްސީ މެދުވެރިކޮށް ދިރާގު ޕޭ ޕީއޯއެސް ޓަރމިނަލްގައި ކާޑު ޓެޕް ކޮށްލުމަށްފަހު ވިޔަފާރި ކުރެވޭ ގޮތަށް ހެދިފައިވާ ކާޑެކެވެ. އަދި މިކާޑު ބޭނުން ކޮށްގެން ސްކޫލް ކެންޓީނުން ދަރިވަރުންގެ އިންޓަވަލް ފައިސާ ދެއްކޭ ގޮތްވެސް އިންތިޒާމް ކުރެވިފައިވެއެވެ.

މިއަދު ތަޢާރަފް ކުރެވުނު ދިރާގު ޕޭގެ ޑެބިޓް ކާޑް ތަޢާރަފް ކުރުމާ ގުޅިގެން ދިރާގު ޕޭ މެދުވެރިކޮށް ޢިޔާސުއްދީން ކެންޓީނުން ވިޔަފާރިކުރާ ދަރިވަރުންނަށް 50% ޑިސްކައުންޓް އެއް ހަފްތާ ވަންދެން ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.

ދިރާގުން މީގެ ކުރިން ތަޢާރަފްކުރި އެންއެފްސީ ސްޓިކާއެކޭ އެއްފަދައިން ދިރާގު ޕޭގެ ޑެބިޓް ކާޑު ލިންކު ކުރެވިފައިވަނީ ބެލެނިވެރިޔާގެ އީ-ވޮލެޓަށެވެ. އެހެންކަމުން ބެލެނިވެރިޔާއަށް ވަގުތުން ފަސޭހަކަމާއެކު ދަރިވަރުން ކުރާ މުއާމަލާތްތައް ބެލޭނެ ނިޒާމުވެސް ފަހިވެއެވެ.

އިންޓަވަލް ގަޑިއަށް ސްކޫލަށް ފައިސާ ނުގެންގޮސް ބެލެނިވެރިންގެ އީ-ވޮލެޓަށް ފައިސާ ޖަމާ ކުރެއްވުމަށްފަހު ފަސޭހަކަމާއި ރައްކާތެރި ކަމާއެކު ކުދިންގެ އިންޓަވަލް ގަނެވޭގޮތް ދިރާގު ޕޭ މެދުވެރިކޮށް ފަހިވުމާ ގުޅިގެން މިޚިދުމަތަށް ވަރަށް ބޮޑު ތަރުހީބެއް އެސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ ކަމަށް ދިރާގުން ބުނެފައިވެއެވެ.

މިއަދު އޮންލައިން