ތަމް ލުއަންގް ކޭވްސް، ތައިލެންޑް (ސީއެންއެން)- ތައިލެންޑްގެ ތަމް ލުއަންގް ހުހަޅައިގައި ތާށިވެގެން ނުނިކުމެވިފައި ތިބި 12 ފިރިހެން ކުދިންނާއި އެކުދިންގެ ކޯޗު، ހޮހަޅައިގެ ތެރެއިން ސަލާމަތް ކުރުމަށް ނޭވީ ސީލް ޓީމުން ޚާއްސަ މިޝަންގެ ދަށުން ދެ ކުއްޖަކު ސަލާމަތް ކޮށްފިއެވެ.
ފުޓޫބޯޅަ ކުޅެން 12 ކުދިން ހިމެނޭ އެޓީމާއިއެކު، އުމުރުން 25 އަހަރުގެ ކޯޗު މިދިޔަ މަހު އެސަރަޙައްދަށް ދިޔުމުން، ހޮހަޅައިގެ އެތެރޭގައި ތާށިވީ މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުންނެވެ. އަދި މޫސުމަށް އައި ބަދަލުގެ ސަބަބުން ހޮހަޅައިން އެކުދިންނަށް ނުނިކުމެވި ތާށިވީއެވެ.
މި ދެ ކުދިން ސަލާމަތް ކުރެވިފައި މިވަނީ ހޮހަޅައިގައި ދެ ހަފްތާ ވޭތު ކުރުމަށްފަހުއެވެ.
އޮފިޝަލުން ބުނެފައިވަނީ، އެދެކުދިން މިވަގުތު ތިބީ ހޮހޮޅަ ކައިރީގައި ހުރި ހޮސްޕިޓަލަށް ގެންދެވިފައި ކަމަށާއި އެކުދިންނަށް ފުރަތަމަ ރަނގަޅު ސިއްޙީ ފަރުވާ ދޭން ޖެހޭ ކަަމަށެވެ.
blob:https://players.brightcove.net/bf06daf5-68c0-43d0-9470-7304d0ee1b93