ހޮހަޅައިން ސަލާމަތް ކުރެވުނު ކުދިންގެ އަދަދު 11: ނަމަވެސް މިފަހަރުވެސް ސްޓްރެޗަރު ގައި

ކިޔުމަށް ހޭދަވާނީ 1މ
ހޮހަޅައިން ސަލާމަތް ކުރެވުނު ކުދިންގެ އަދަދު 11: ނަމަވެސް މިފަހަރުވެސް ސްޓްރެޗަރު ގައި
މައިސައި، ތައިލެންޑް: ތައިލެންޑުގެ ތަމް ލައުންގް ހޮހަޅައިގައި ތާށިވީ ކުދިންގެ ތެރެއިން މިއަދުގެ މިހާތަނަށް އިތުރު ތިން ކުއްޖެއް ސަލާމަތް ކުރެވިއްޖެ ކަމަށާއި މިއަދަދާއިއެކު މިހާތަނަށް ސަލާމަތް ކުރެވުނު ކުދިންގެ އަދަދު 11 އަށް އަރައިފި ކަމަށް ރޮއިޓާރސް އިން މައުލޫމާތު ދީފިއެވެ.

ޒުވާން ފުޓުބޯޅަ ޓީމެއްގައި ހިމެނޭ 12 ފިރިހެން ކުދިންނައި އެކުދިންގެ ކޯޗު އެހޮހަޅައިގައި ތާށިވެފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ހޮހަޅައިން ނުނިކުމެވި ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެކުދިންނާއި ކޯޗު ސަލާމަތް ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަޖުރިބާކާރު ޑައިވަރުންނާއި ނެވީ ސީލް ގެ ޑައިވަރުން އެހިތެރިވެ މަސައްކަތް ކުރަމުންދެއެވެ.

ހޮހަޅައިން މިއަދު ސަލާމަތް ކުރި ތިން ކުދިންގެ ތެރެއިން ދެ ކުއްޖަކު ނެރެފައިވަނީ ސްޓްރެޗަރ އަށް ލައިގެން ކަމަށް މަންޒަރު ދުށް މީހަކު މީޑިއާތަކަށް މައުލޫމާތު ދީފައިވާއިރު، މިއަދަކީ އެކުދިން ސަލާމަތް ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ތިން ވަނަ ދުވަހެވެ.

މިމިޝަން ކުރިއަށް ގެންދިޔުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ނަރޮންގްސަކް އޮސޮއްޓަނަކޯން މައުލޫމާތު ދީފައިވާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި މިމިޝަން ކުރިއަށް ގެންދިޔުމުގައި ނުހަނު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

މިއަދު އޮންލައިން