ހިލޭ ސޯޝަލް މީޑިއާ ޑޭޓާގެ ފުރިހަމަކަމާއެކު ދިރާގުން އާ ޕްރީޕެއިޑެއް ތަޢާރަފް ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 24ސ
ހިލޭ ސޯޝަލް މީޑިއާ ޑޭޓާގެ ފުރިހަމަކަމާއެކު ދިރާގުން އާ ޕްރީޕެއިޑެއް ތަޢާރަފް ކޮށްފި
ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ މުއާސަލާތީ ޚިދުމަތް ދިން ފަރާތް ކަމުގައިވާ ދިރާގުން، މުޅިން އާ ޕްރީ ޕެއިޑެއް ތަޢާރަފް ކޮށްފިއެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ތަޢާރަފްކުރެވުނު އާ ޕްރީޕެއިޑުގައި ކަސްޓަމަރުންނަށް ފަސޭހަ ވާނެ ޕްލޭނަކާއިއެކު ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ގިނަ ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އެޑްއޮންތައް ބައްލަވައި ގަނެވޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.

މިއަދު ދިރާގުން ތަޢާރަފް ކުރެވުނު އާ ޚިދުމަތުގެ ދަށުން ޕްރީޕެއިޑް ގައި ހިމެނޭ އާ ޑޭޓާ އެޑްއޮން ތައް ބައްލަވައިގަތުމުން، އެޑްއޮންގެ އެލަވަންސް ގެ އިތުރުން ހިލޭ ފޭސްބުކް، ވަޓްސްއެޕް އަދި ވައިބާރ ބޭނުން ކުރުމަށް ސޯޝަލް މީޑިއާ ޑޭޓާ ވެސް ލިބޭނެ ކަމަށާއި މިއިން ކޮންމެ ޑޭޓާ އެޑްއޮން އެއް ބައްލަވައި ގަތުމުން ވެސް މިއިން ކޮންމެ ޑޭޓާ އެޑްއޮން އެއް ބައްލަވައި ގަތުމުން ވެސް މިތިން ސޯޝަލް މީޑިއާ އެޕް ހިލޭ ބޭނުން ކުރުމަށް ޑޭޓާ ލިބޭނެއެވެ.

މިއީ ރާއްޖޭގައި އަލަށް ޕްރީޕެއިޑް ޕްލޭން އަކުން މިފަދަ ޚިދުމަތެއް ލިބޭ ހަމައެކަނި ޕްލޭން ކަމަށް ވެސް ދިރާގުން މައުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން މިއަދު ތަޢާރަފް ކުރެވުނު މި ޕްރީޕެއިޑްގައި އެސްއެމްއެސް އެޑްއޮން ގެ އިތުރުން ގިނަ ޓޯކްޓައިމް ލިބޭ އެޑްއެޮންތައް ވެސް ދިރާގުން ހިމަނާފައި ވެއެވެ.

މިޕްރީޕެއިޑަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ވަރަށް ބޮޑަށް ބަލައިގެން ކަސްޓަމަރުންނަށް ލުއި ފަސޭހަވާނެ ގޮތަށް ފަރުމާ ކޮށްފައިވާ ޚިދުމަތެކެވެ. އެގޮތުން ޑޭޓާ ހުސްވާން ކައިރިވުމުން އެސްއެމްއެސް އަކުން އެކަން ކަސްޓަމަރުންނަސް އަންގައިދެވޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.
މިއަދު އޮންލައިން