ތިމާއަކީ މަސީޙެއް ކަމަށް ބުނެ ވީޑިއޯއެއްކޮށް ސޯޝަލް މީޑިއާގައި އާންމުކުރި، އިރާޤްގެ އުމުރުން ދުވަސްވީ މީހެއް އެޤައުމުގެ ފުލުހުން މިއަދު ހައްޔަރު ކޮށްފިއެވެ.
ވީޑިއޯގައި އެމީހާ ބުނެފައިވަނީ އޭނާއަކީ މިދުނިޔޭގައި ހަމަހަމަކަން ޤާއިމް ކުރުމަށްޓަކައި މާތް ރަސްކަލާނގެ ފޮނުއްވެވި މަސޭޙެއް ކަމަށެވެ.
ޙާޝިމް ޖައްބާރު ނަމަކަށް ކިޔާ އުމުރުން ދުވަސްވީ އެމީހާގެއެޢަމަލުގެ ސަބަބުން ފުލުހުން އޭނާ ހައްޔަރު ކުރަން އައުމުން އޭނާވަނީ އެފަދަ ވީޑިއޯއެއް ހެދިކަމަށް އެންމެ ފުރަތަމަ އިންކާރު ކޮށްފައެވެ. ނަމަވެސް ޙާޝިމް އާއި ދެކޮޅަށް ހެކި އޮތުމުން، އޭނާވަނީ އިރާޤްގެ ރައްޔިތުންނާއި މުސްލިމުންގެ ކިބައިން މާފަށް އެދިފައެވެ.
އޭނާ ކުރި އެވީޑިއޯގައި ބުނެފައިވާ އެއްޗެއް އެއްވެއް މީހަކު ޤަބޫލު ނުކުރާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.