ވަރލްޑް ކަޕްގެ ފައިނަލަށް ފުރަތަމަ ފަހަަރަށް ކްރޮއޭޝިއާ..

ކިޔުމަށް ހޭދަވާނީ 1މ 45ސ
ވަރލްޑް ކަޕްގެ ފައިނަލަށް ފުރަތަމަ ފަހަަރަށް ކްރޮއޭޝިއާ..
ފިފާ ވަރލްޑް ކަޕްގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި ވަރުގަދަ އިންގްލެންޑު ބަލިކުރުމަށްފަހު، ކްރޮއޭޝިއާ އިން ފައިނަލުގެ ފަހުޖާގަ ކަށަވަރުކޮށްފިއެވެ.
މި މެޗު ކްރޮއަެޝިއާ އިން ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ.

މެޗު ފެށިގެން އިންގްލެންޑުން ވަނީ ކްރޮއޭޝިއާގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. އެގޮތުން މެޗުގެ 5 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ޓްރިޕިއަރ ވަނީ އިންގްލެންޑަށް ލީޑު ނަގާދީފައެވެ.

މިއީ ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިއާގެ ބޭރުން އިންގްލެންޑުގެ ޑެލީ އަލީ ބޯޅަ ހިފައިގެން ދަނިކޮށް ކްރޮއޭޝިއާގެ ރެޑިކިޗް ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭ ޖެހުމެކެވެ.

ޓްރިޕިއަރ ފޮނުވާލި މި ހިލޭޖެހުން ކުރިމަތީ އެތުރިގެންތިބި ކްރޮއޭޝިއާގެ ކުޅުންތެރިންގެ ބޯމަތިންގޮސް ވަނީ ގޯލުގެ ތެރެއަށެވެ. މިއީ ޓްރިޕިއަރ ޤައުމީ ޓީމަށް ޖަހައިދިން ބައިނަލްއަޤުވާމީ ފުރަތަމަ ގޯލެވެ.

މި ގޯލަށްފަހު ކްރޮއޭޝިއާގެ ކުޅުން ރަނގަޅުކޮށް އިންގްލެންޑަށަ ނުރައްކާ ކުރިނަމަވެސް ނަތީޖާއަށް ބަދަލެއް ނައިސް ފުރަޔަަމަ ހާފު ނިމުނީ 1 ލަނޑުގެ ލީޑުގައި އިންގްލެންޑު އޮވެގެންނެވެ.

ދެވަނަ ހާފުގައިވެސް މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުންދިޔައީ އިންގްލެންޑެވެ. އެހެންނަމަވެސް 68 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ އިވޯން ޕެރިސިޗް ވަނީ ލަނޑެއް ޖަހާ ނަތީޖާ 1-1އަށް ބަދަލުކޮށްފައެވެ.



މި ލަނޑަށްފަހު ކްރޮއޭޝިއާގެ އެޓޭކިންގ އިތުރަށް ވަރިގަދަކޮށް ދެތިން ހަމަލާއެއްވަނި އިންގްލެންޑުގެ ގޯލަށް ފޮނުވާލާފައެވެ.

މީގެ އިތުރުން އިންގްލެންޑުންވެސް ހަމަލާތައް ވަރިގަދަކުރިއެވެ. އެކަމަކު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރުވެސް 1-1ން ދެޓީމު އެއްވަރުވެފޢި އޮތުމުން 30 މިނެޓުގެ ދެހާފު ކުޅުނެވެ.

ނަތީޖާ ނެރުމަށް ކުޅުނު 30 މިނެޓުގެ ފުރަތަމަ ހާފުގައިވެސް ނަތީޖާއަށް ބަދަލެއް ނުގެނެވުނެވެ. އެހެންނަމަވެސް ކްރޮއޭޝިއާއަށް ހިނުތުންވުން ގެނެސްދީ ފުރަތަމަ ފަހަރަށް ވަރލްޑް ކަޕްގެ ފައިނަލަށް ގެންގޮސްދިނީ 109 ވަނަ މިނެޓުގައި މަންޑުޒިކިޗް ޖަހައިދިން ލަނޑުންނެވެ.

ފުފާ ވަރލްޑް ކަޕްގެ ފައިނަލުގައި ކްރޮއޭޝިއާ ބައްދަލުކުރާނީ ފްރާންސް އާއެވެ. މި މެޗު އޮންނާނީ މި ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.
މިއަދު އޮންލައިން