ހައްލަކީ ހަމަ އެންމެ އަންހެނަކުވެސް ބްލެކްމޭލް ނުވުން" ކެރަލާ ޕޮލިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ހައްލަކީ ހަމަ އެންމެ އަންހެނަކުވެސް ބްލެކްމޭލް ނުވުން" ކެރަލާ ޕޮލިސް
އަންހެނުންނަށް ކުރިމަތިވަމުން އަންނަ ބްލެކްމޭލް ކުރުމުގެ މައްސަލަތަކުގެ ހައްލަކީ ހަމަ އެންމެ އަންހެނަކު ނަމަވެސް ބްލެކްމޭލް ނުވުން ކަމަށް ކެރަލާގެ ޕޮލިސް އޮފިސަރަކު ބުނެފިއެވެ.

ކްރިސްޓިއަން ފައްޅިއެއްގެ 5 ފާދިރީއަކު އަންހެނަކު ބްލެކްމޭލްކޮށް ޖިންސީ ގުޅުން ހިންގިކަން ސާބިތުވުމުން މިހާރު ކުރިއަށް ގެންދާ ތަޙްޤީޤާއިބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ ކުށަކީ ހަމަ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް ކަމަށާއި ކުށެއް ކުރެވުމުން އޮތް އެންމެ ރަނގަޅު ހައްލަކީ އެކަމަށް ކުރިމަތިލުން ކަމަށެވެ.

އޮފިސަރު ބުނީ ފުލުހުންނަށް ހުށަހެޅުމުން މައްސަލަ ބަލާނެ ކަމަށެވެ. އަދި ފުލުހުންނަށް ހުށަހަޅަން ޖެހިލުންވާނަމަ ފިރިމީހާ ގާތު އަވަހަށް ކިޔައިދިނުމަށެވެ. "ކިޔައި ނުދީ ހުރި ނަމަވެސް ބްލެކްމޭލް ކުރަމުން ގެންދާނަމަ އެކަން ހާމަ ނުވެއެއް ނުދާނެ. ކޮންމެވެސް ދުވަހަކުން ފަޅާއަރާނެ. ފިރިމީހާ އަންނަންހުރި ރުޅިއެއްވެސް އަންނާނެ. އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ ވީހާ އަވަހަކަށް ފިރިމީހާއަށް މައުލޫމާތު ދިނުން."

އަންހެން މީހާއަށް 5 ފާދިރީއަކު ޖިންސީ ގޯނާކުރި މައްސަލައިގައި މިހާރު ވަނީ 3 ފާދިރީއަކު ހައްޔަރުކޮށްފައެވެ. ކަފާލާތުގެދަށުން އެމީހުން މިނިވަންކުރަން ކޯޓުން ވަނީ ދެކޮޅު ހަދައިފައެވެ. ފުލުހުން ގެންދަނީ އަދިވެސް އިތުރު 2 ފާދިރީން ހޯދަން މަސައްކަތް ކުރަމުންނެވެ.
މިއަދު އޮންލައިން