ޕާކިސްތާނުގަ ޖާނުން ފިދާވެގެން ދިން ހަމަލާއެއްގަ 128 މީހުން މަރުވެ 200 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 27ސ
ޕާކިސްތާނުގަ ޖާނުން ފިދާވެގެން ދިން ހަމަލާއެއްގަ 128 މީހުން މަރުވެ 200 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ޕާކިސްތާނުގެ ބަލޮޗިސްތާނުގައި ޖާނުން ފިދާވެގެން މިއަދު ދިން ހަމަލާއެއްގައި 128 މީހުން މަރުވެ 200 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި އިންތިޚާބަށް ކުރިމަތިލާފައިވާ ނަވާބްޒާދާ ސިރާޖް ރައިސާނީ ވެސް ހިމެނެއެވެ.

މަރުވި ނަވާބް ޒާދަކީ އެ ސަރަހައްދުގެ ކުރީގެ ޗީފް މިނިސްޓަރު ނަވާބް އަސްލަމް ރައިސާނީގެ ކޮއްކޮއެވެ. މިއިންތިޚާބުގައި އަސްލަމްވެސް އަމިއްލަ ގޮތުން ވާދަކުރެއެވެ.

ހަމަލާދީފައިވަނީ ޕާޓީގެ ބައްދަލުވުމެއް ކުރިއަށް ގެންދަނިކޮށެވެ. ހަމަލާދިނުމުގެ ޒިންމާ އައިއެސް އިން ވަނީ އުފުލާފައެވެ.
މިއަދު އޮންލައިން